ކައިވެނިކުރަން އެންމެރަނގަޅު އުމުރަކީ 32 : އާލިއާ

392864-alia-bhatt-new-700.jpg

ކައިވެނި ކުރަން އެންމެ ރަނގަޅު އުމުރަކީ 32 އަހަރުކަމަށް އާލިއާބަޓް ބުނެފިއެވެ. އާލިއާގެޅައިރުގެ އެކުވެރިއެއްކަމުގައިވާ އަނުޝްކާރަންޖަންގެ ފިލްމެއްގެ ޓްރެއިލަރ ލޯންޗްކުރުމުގެ ހަފްލާގައި ރިޕޯޓަރަކާ ވާހަކަ ދައްކަމުން އާލިއާ އިތުރަސް ބުނެފައިވަނީ އޭނާއަށް އަދި ކިރިޔާ 22 އަހަރުކަމަށާއި އެހެންކަމުން އޭނާދެ ކައިވެންޏާމެދު ވިސްނުން އަދި މާއަވަސް ކަމުގައެވެ.

އާލިއާގެ ދިރިއުޅަމަށް ގެންނަން ބޭނުންވަނީ ކޮންކަހަލަ ފިރިހެނެއްތޯ އެހުމުން ބުނީ ” އަހަންނާމެދު ފަރުވާތެރިވާ އަހަރެންގެ އިހްސާސްތައް ދަނެގެން އަހަރެން އުފަލުގައި ގެންގުޅެވޭނެ މީހެއް. ހަމައެއާއެކު ރީތި އަދި އަހަރެންގެ ކުރިއެރުމަށ ހިތްވަރުދޭ މީހަކަށްވެސް ވާންޖެހޭނެ ” ކަމުގައެވެ.

ފިލްމް، ސްޓޫޑެންޓް އޮފް ދަ އިޔަރއިން ފިލްމީ ދުނިޔެއަށް ތައާރަފްވެިފަހުން އެތަކެއް ޒުވާނުންގެ ހިތުގައި ރަނިކަންކުރަމުންދާ  މަޝްހޫރު ފިލްމް ޕްރޮޑިއުސަރ، ޑައިރެކްޓަރ މަހޭޝްބަޓްްގެ ދަރިފުޅު އާލިއާ މިހާރު ހުރީ ވަރަށްއުފަލުންނެވެ. އެއީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ކެރިއަރ ހީވެސް ނުކުރާ ވަރުގެ އުސްމިނަކަށް އައުމުންނެވެ. އެގޮތުން ބޮލީވުޑްގެ ކިންގްގެ ގޮތުގައި ބަލަމުން އަންނަ ޝާހްރުކްޚާން އާއެކު ފިލްމެއްކުޅުމުގެ ފުރުސަތުވަނީ ލިބިފައެވެ. ކަރަން ޖޯހަރުގެ އަންނަންއޮތް ފިލްމް “ދަރްމާ”ގެ ދެ ކާސްޓުންނަކީ އޭނާއާއި ޝާހްރުކްޚާންއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top