ރައްކާތެރިކަން ހައްގުވަނީ ވަކި ފަންތިއަކަށްނޫން: ޝައިޚް ޒަމްޒަމް

ZamZam-2-1140x570.jpg

ޝައިޚް ޒަމްޒމް ފާރިޝް

ރައްކާތެރިކަން ހައްގުވަނީ ވަކި ފަންތިއަކަށް ނުވަތަ ވަކި އާއިލާއަކަށްވުމުން ނޫންކަމަށް ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެ އެވެ.

އޭދަފުއްޓަށް އުފަން ޝައިޚް ޒަމްޒަމް މިހެން ވިދާޅުވެފައިވަނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފު މިއަދު ކަސްރަތު ކުރަން އުޅުއްވަނިކޮށް މީހަކު ޖިންސީ ފުރައްސާރަ ކޮށްފައިވާކަމަށް ވިދާޅުވެ އޭނާ ކުރެއްވި ޓްވީޓަށް ކުރެއްވި ރިޕްލައިގަ އެވެ.

ހޮނިހިރު ދުވަހުގެރޭ އަފްޝަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޖިންސީ ފުރައްސާރައާއި ކުރިމަތިލައްވަން ޖެހުނީ ސިނަމާލެ ބްރިޖް މަތީގައި ޖޮގިންގައި އުޅުއްވަނިކޮށް ކަމަށާއި, އޭނާއަށް ޖިންސީ ފުރައްސާރަކުރި މީހާ އިތުރު ބަޔަކަށް ވެސް ފުރައްސާރަ ކުރިކަމަށެވެ.

ޒަމްޒަމް ވިދާޅުވެފައިވަނީ ތިޔަފަދަ މީހުންވެސް ހައްޔަރުކޮށް އަދަބުދޭން ޖޭހޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދެރަކަމަކީ ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނެއްގެ އައުރައިގާ އަތްލި ރޯޔަލް މީހުން މިނިވަންކަމާއެކު މުޖުތަމައުގައި އުޅުމުގެ ފުރަުސަތު ސަރުކާރުން ދީފައިވާތީކަމަށް ޒަމްޒަމް ވިދާޅުވި އެވެ.

ޒަމްޒަމް ވިދާޅުވީ ރައްކާތެރިކަން ހައްގުވަނީ ވަކި ފަންތިއަކަށް ނުވަތަ ވަކި އާއިލާއަކަށްވުމުން ނޫންކަމަށާއި, ނަމަވެސް ނިކަމެތި މީހެއްގެ ދަރިއެއްވީމައި އޮންނަނީ ދެރަގޮތްކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ކަސްރަތުކުރަން ނިކުމެ އުޅުނު ބަޔަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ރޭ 23:00 ހާއިރު ފުލުހުންގެ ބެލުމުގެދަށަށް މީހަކު ގެނެސްފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ 38 އަހަރުގެ ފިރިހެނެއްކަމަށް ވެސް ފުލުހުން ބުނެއެވެ.

ޝައިޚު ޒަމްޒަމް މިގޮތަށް ވިދާޅުވިއިރު، ދިވެހި ރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ހޯމް މިނިސްޓަރު ޝައިޚް އިމްރާން ވިދާޅުވީ، ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކޮށްފައިވާކަމަށް ބުނެ ފެތުރިފައިވާ ވާހަކަތަކަކީ ޙަޤީޤަތެއް ނޫންކަމަށެވެ.

”އަޅުގަނޑު ވެސް އެ ވާހަކަތައް އަޑުއެހީމާ އެ ވާހަކަތައް ފެތުރިގެން އައީމަ އަޅުގަނޑަށް ވެސް ތަސައްވުރު ކުރެވުނީ ވަރަށް ބޮޑު ރޭޕްކޭސްއެކޭ އެއީ މި އޮތީ އިނގޭތޯ. އެކަމަކު އެމައްސަލަ ގޮސް ރަނގަޅަށް ބަލައިލާ ކައިރިން ދެނެގަތީމަ……. ދެން އަޅުގަނޑަށް މި ކަހަލަ ތަނެއްގަ އެހާ ފަސޭހައެއްނޫން ސީދާ އެ ހިނގާ އޮތް ކަންތައްތަކެއް ނުވަތަ އެ ޢިބާރާތް ބުނާކަށް ވެސް. އެހެންނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާއްމު ޕަބްލިކް ތަނެއްގަ ވެސް ހުރެފަވެސް. ބައެއްގެތެރޭގަ ހުރެފަވެސް މީހަކަށް ކޮށްލެވޭނެ ކަހަލަކަމެއް ކުރި ވާހަކައޭ މިއީ. އަދި ކުރީމަ ކުރިކަން ވެސް ނޭނގޭ ކަހަލަ ވެސް ކަމެކޭ ހިނގާފައި މި އޮތީ.” އިމްރާން ވިދާޅުވިއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރެއްގެ ފިރިކަލުންނަށް ވަނީ ތުހުމަތު ކުރެވިފައެވެ. ނަމަވެސް މި މައްސަލައިގެ އެދެވޭ ނަތީޖާއެއް ނުވަތަ އިންސާފެއް ހޯދައިދެވިފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top