އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ލުއިތަކެއް

big_4Itso9lmgemdK63.jpg

ކޮވިޑާ ގުޅިގެން ބަންދު ކޮށްފައިވާ އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ލުއިތަކެއް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.

މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއެކު އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބޭއްވި ބައްދަލުވުމަށްފަހު، އިންޑިއާ ސަރުކާރުން ވަނީ ވިޔަފާރިވެރިންނާއި ކިޔަވާ ކުދިންނަށް އިންޑިއާއަށް ދިއުމަށް ހުއްދައެއް ދިނުމަށް ނިންމާފައިކަމަށް ފޮރިން މިނިސްޓްރީން ހާމަ ކުރައްވައެވެ.

ޚާއްސަ ހުއްދައެއްގެ ދަށުން މިހާރުވެސް ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު ވިޔަފާރިއާއި ތައުލީމުގެ ބޭނުމަށް އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ފޮރިން މިނިސްޓްރީގެ ކޮންސިއުލާ ޑިޕާޓްމަންޓް މެދުވެރިކޮށް އިންޑިއާއަށް ދަތުރުކުރުމަށް ބޭނުންވާ ހާއްސަ ހުއްދަ ހޯދުމަށްފަހު އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ގާއިމުކޮށްފައިވާ ޓްރެވަލް ބަބްލް ތެރެއިން ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top