ރ. އުނގޫފާރުގައި މިދިޔަ ހޯމަ ދުވަހު ނެގި ރެންޑަމް ސާމްޕަލް އަކުން ކޮވިޑަށް ޕޮޒިޓިވް ވި މީހާގެ ސާމްޕަލް އިތުރަށް ޓެސްޓު ކުރުމަށްފަހު އެމީހާ ކޮވިޑަށް ނެގެޓިވް ކަމަށް ކަނޑައަޅައިފިއެވެ..
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު، (އެޗްއީއޯސީ) އިން ބުނީ އެ މީހާގެ ނަތީގާ ނެގެޓިވް ވި ނަމަވެސް އުނގޫފާރު މޮނީޓަރިންގެ ހާލަތުން ނުނަގާނެ ކަމަށެވެ. އެއީ އެ އަތޮޅުގައި ހަދާ ރިސޯޓެއް ކަމަށްވާ ކުޑަކުރަތުން އުނގޫފާރަށް މީހުން ގޮސްފައިވާތީއެވެ.
އެގޮތުން އުނގޫފާރުން އެކްޓިވް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްއީއޯސީން ބުނެއެވެ. ރައްކާތެރިވުމުގެ ގޮތުން އެކްޓިވް ސަވެއިލެންސް ސާމްޕަލްތަކުގެ ނަތީޖާ ލިބެންދެން އުނގޫފާރު އޮންނާނީ މޮނިޓަރިންގް ހާލަތުގައި ކަމަށް އެޗްއީއޯސީން ބުނެއެވެ.
އާދިއްތަ ދުވަހު ރ. ކުޑަކުރަތުން 63 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. އޭގެ ތެރެއިިން 6 މީހަކަށް ބ.އަތޮޅު ކޮވިޑް ސެންޓަރުގައި މިހާރުވެސް އަންނަނީ ފަރުވާ ދެމުންނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު 24 ރިސޯޓެއްގައި 30 ފަތުުރުވެރިއަކާ 83 ސްޓާފަކު މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެފައި އެބަތިއްބެވެ.