ކެޓްރީނާކައިފް ފާހަގަކުރެވިފައިވަނީ އަމިއްލަ ދިރިއުޅުމުގައި ވަރަށް ލަދުރަކި ކުއްޖެއްގެ ގޮތުގައެވެ. އާއްމުންގެ ތެރެއިން މަދުފަހަރަކު ފެނުނުކަމުގައިވިޔަސް ރިޕޯޓަރުންނާ ބީރައްޓެހި އަދި ދިރިއުޅުމުގެ ވާހަކަތައްމީޑިއާއާ ހިއްސާކުރުން ވަރަށް މަދު ސްޓާރއެއްގެ ގޮތުގައެވެ.
ދާދިފަހުން މީޑިއާތަކުގެ ފަލަސުރުޚީއަކަށް އެރި ރަންބީރުކަޕޫރާ ދީޕިކާޕަޑުކޯން އެކުގައި ކުޅެފައިވާ ފިލްމް “ތަމާޝާ” ގެ ޝޫޓިންގ ނިމުނުކަމުގެ އުފަލުގައި ފިލްމުގެ ބައިވެރިންނާއި ޑައިރެކްޓަރ އިމްތިޔާޒްއަލީ އާއި ދެ ޕްރޮޑިއުސަރުންވެސް ބައިވެރިވި ޕާޓީއަށް ދައުވަތު ނުލިބެނީސް ކެޓްރީނާ ދިޔަ ވާހަކައާ ބެހޭގޮތުން ރިޕޯޓަރަކު އޭނާއާސުވާލުކުރިއެވެ. އެއީ އޭނާ ވަރަށްރަނގަޅު މޫޑެއްގައިހުރި ވަގުތެއްކަމުން އެހެންފަހަރުތަކުގައިހެން ނޯކޮމެންޓޭކިޔާފައި ބޮލުން ނައްޓާލުމުގެ ބަދަލުގައި ޝައުގުވެރިކަމާއެކު ރިޕޯޓަރާ އެވާހަކަ ހިއްސާކުރިއެވެ.
” އެންމެ ފުރަތަމަވެސް ބުނަން ބޭނުންވާނީ އަހަރެން އެފަދަ ކަމެއްކޮށްފާނެކަމަށް ގަބޫލު ކުރެވޭތަ ؟ ކީއްވެގެން އަހަރެން ދާންވީ ؟ އަހަންނެއް ނުދަން. ވަރަށް ސާފުކޮށް މިބުނީ. އަހަންނަކީ މި އިންޑަސްޓްރީގައި ވަރަށް ގިނަދުވަހު މަސައްކަތްކޮށްފައިވާ މީހެއް. ކޮންމެ ދުވަހަކީވެސް އަހަންނާ ބެހޭ ގޮތުން ކޮންމެވެސް އާވާހަކަ އެއް އުފަންކުރުވާ ދުވަހެއް. އެކަމަކު އެއިން އެއްވެސް ވާހަކައަކަށް އަހަރެން ސަމާލުކަމެއްނުދެން. އެކަމާ އަޅައެއްވެސް ނުލަން. އެއީ ތެދެކޭ ނުވަތަ ދޮގެކޭވެސް ނުބުނަން. އެންމެފަހުން މިވާހަކަވެސް އުފަންވެގެން މިއައީ. އެއްގޮތަކަށްވެސްނޭގެ މިއީ ކިހިނެއް އުފަންވެގެންއުޅޭ ވާހަކައެއްކަމެއް.
އަހަރެން އެކަހަލަ ދަށުދަރަޖައިގެ ކަމެއް ކޮށްފާނެކަމަށް އެކަކުވެސް ހީކޮށްގެން ނުވާނެ.އެއީ ކީއްވެގެންކަން އެނގޭތަ؟ ފުރަތަމަކަމަކީ ދައުވަތު ނުލިބޭ ޕާޓީއަކަށް ދިއުން .އެފަދަކަމެއް އަހަރެން ނުކުރާނެ. މިއިންޑަސްޓްރީގެ އެކަކުވެސް ކުރާނެހެން ހިއެއްނުވޭ. އަނެއް ސަބަބަކީ އެއީ ޕާޓީއެއްނޫން. އެއީ “ތަމާޝާ” ނިމުން ފާހަގަކުރުމުގެ ގޮތުން ފިލްމްގެ ބައިވެރިންނާއެކު ބޭއްވި ރެޕް ޕާޓީއެއް. ދެން އެކަމާ އެއްވެސް ގުޅުމެއްނެތްމީހަކު އެތަނަށް ދިއުމުގެ ބޭނުމަކީ ކޮބާ؟ އެކަމަކު އެއީ އާދައިގެ ޕާޓީއެއްނަމަ ހަމަގައިމުވެސް އަހަރެންދާނެ. އަހަންނަކީ އިމްތިޔާޒްއަލީގެ ވަރަށްބޮޑު ފޭނަކަށް ވާތީވެ. ތިންވަނަކަމަކީ އެއީ ތަހްޒީބު ސޮސައިޓީގައި ކޮށްއުޅޭކަމެއްނޫންް. އެފަދަމީހުންނާމެދު ދެކޭނީ ވަރަށް ދަށުދަރަޖައިގެ ބައެއްގެގޮތުގައި. އަހަރެމެންނަކީ ވަރަށް ރީތިކޮށް އުޅޭބައެއް. އުޅެބޮޑުވަމުންއައީވެސް ތަހްޒީބު މުޖްތަމައެއްގައި ތަރައްގީވެފައިވާ ބައެއްގެ ގޮތުގައި. ހަތަރުވަނަކަމަކީ އެދުވަސްވަރު އަހަރެން އުޅުނީ އަހަރެންގެ އަންނަންއޮތް ފިލްމް ޕެންތޯންގެ މަސައްކަތުގައި ވަރަށް ބިޒީކޮށް ފިލްމުގެ ކްރޫއާއެކު .އެެހެން އުޅެމުން އެމީހުންނަށް ފިލައިގެން ދައުވަތު ނުލިބޭ ޕާޓީއަކަށް ދެވިދާނެތަ؟
މިސުވާލުތަކުގެ ޖަވާބުދިނުމަށް ކެޓްރީނާ ހުށަހެޅީ ކިއުންތެރިންނަށެވެ.