އަޅުގަނޑުގެ ލަވަ ބޭނުން ނުކުރުން އެދެން: އަލީ ރަމީޒު

image_3N3eBpaygzuI7ow.jpg

އަލީ ރަމީޒް

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ ލަވަތަކާއި މިއުޒިކް، ޓީވީ އާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާގައި ބޭނުން ނުކުރުމަށާއި އޭނާ މިއުޒިކީ ހަޔާތުގެ ފޮޓޯޓަކާއި ވީޑިއޯތައް ބޭނުން ނުކުރުމަށް އޭނާ އެދިއްޖެއެވެ.

އަލީ ރަމީޒު، ލަަވަކިއުންހުއްޓަލި ތާ އެތައް އަހަރެއް ވެފައިވާ އިރުވެސް އަދިވެސް އޭނާގެ ލަވަތަކަކަށް އޮއްސުމެއް ނާދެއެވެ.

އަލީ ރަމީޒުގެ ފޭސް ބުކްގައި އިއްޔެ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިއުޒިކާއި ލަވަކިޔުމުން ދުރުވީ ދީނުގައި މަނާކޮށްފައިވާ ކަމަކަށް ވާތީއެވެ.

“މިފަދަ ނުބައިކަން ބޮޑުވެގެންވާ ފާފައަކާ [މިއުޒިކު] އާ ދުރުކޮށްދެއްވީތީ ތާއަބަދު ﷲ އަށް ހަމްދު ކުރަމެވެ،” އަލީ ރަމީޒު ބުނެފައިވެއެވެ.

އެގޮތަށް އޭނާގެ ކުރީގެ ހަޔާތުގެ ކަންތައްތައް ބޭނުން ކުރުމަކީ އޭނާއަށް ކުރެވޭ އަނިޔާއެއް ކަމަށްވެސް އަލީ ރަމީޒު ފާހަގަކުރިއެވެ.

”ޖާހިލު ކަމާއި ނޭނގުމުގެ ތެރޭގައި މާޒީގައި ހިންގާފައިވާ މި ބާވަތުގެ ކަންކަން ފެތުރުމުގައި ”ނުބައި އަމަލުތަކުގެ ފަތް ބުރަކުރުމުގެ ބަދަލުގައި ” ޣާފިލު ކމަުގެ ނިދިން ހޭލައި މިޒިކް ކުޅުމާއި މިއުޒިކް އަޑުއެހުން ފަދަ ހުތުރުކަން ބޮޑުވެގެންވާ ފާފަތަކުން ދުރުވެ ﷲގެ މަގަށް ރުޖޫއަވެ ނުބައި ކަމުގެ މަގުތައް ބަންދުކޮށް، އަޅުގަނޑަށް އެހީތެރިވެ ދެއްވުމަކީ އަޅުގަނޑު މިއަދު ކުރާ ވަސިއްޔަތެއް،” އަލީ ރަމީޒު ބުނެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top