ބ.އަތޮޅު ފިހާރައާއެކު އިތުރު އަތޮޅު ފިހާރަތަކެއް ކުއްޔަށް ދޫކުރަނީ !

Atolhu-fihaara-1200x600.jpg

މާލޭ އުތުރުފަރާތު ބަނދަރު މަތީގައި މީގެ އެތައް އަހަރެއް ކުރިން ފެށިގެން އަތޮޅު ރައްޔިތުންގެ ބައިވެރިވުމާއެކު ގާއިމްކޮށްފައި ހުންނަ ”އަތޮޅު ފިހާރަ”ތަކުގެ ތެރެއިން ބ.އަތޮޅު ފިހާރައިގެ އިތުރުން އެހެން ބައެއް އަތޮޅު ފިހާރަތައްވެސް އަލުން ކުއްޔަށް ދޭން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ހާމަކޮށްފައިވާ ގޮތުން މި ފިހާރަތައް އަލުން ކުއްޔަށް ދެން ނިންމީ ފިހާރަތައް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވާން ކައިރިވާތީ އެވެ.

އެގޮތުން ގިނަ ފިހާރަތަކެއް ކުއްޔަށް ދިނުމަށް އިއުލާނު ކޮށްފައިވެ އެވެ.

މި އިއުލާނުގައި ބ. އަތޮޅު ފިހާރައިގެ އިރުމަތީބައި، މަތީބައި، ދެކުނުފެންޑާގެ ½ އާއި ބ.އަތޮޅު ފިހާރައިގެ ހުޅަނގުބައި، ދެކުނުފެންޑާގެ ½ ގެ އިތުރުން ވެސް ގިނަ ފިހާރަތަކެއް ހިމަނާފައިވެ އެވެ.

މި ފިހާރަތައް ކުއްޔަށް ދޫކުރަން ބިޑް ފޮތްތައް ވިއްކާނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ފޯމެއް ވިއްކަނީ 10ރ. އަށެވެ.

ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު، އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ ކައުންސިލް ތަކަށް ދޭނެ ކަމަށް ބުނެފަ އެވެ.

މާލޭގައި ހިންގަމުންދާ އަތޮޅު ފިހާރަތަކުން އަތޮޅު ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ ހަވާލުނުކުރާތާ ހަތަރު އަހަރުވުމަށްފަހު އެ ފައިސާ ކައުންސިލްތަކަށް ޖަމާކޮށްދޭން ފިނޭންސް މިނިސްޓްރީން ފަށާފައިވަނީ މިދިޔަ އަހަރުގެ މޭމަހުގެ ތެރޭގަ އެވެ.

އެކި ފިހާރަތައް އެކި އަގުގައި ކުއްޔަށްދީފައިވާއިރު ކޮންމެ އަތޮޅު ކައުންސިލަކަށްވެސް ލިބެނީ އެފިހާރައެއް ކުއްޔަށްދީފައިވާ އަގުގެ 50 އިންސައްތަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top