
ތިންރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްއެންވަޔަރމަންޓްމިނިސްޓްރީގައި މިއަދުއޮތްރަސްމިއްޔާތު . ފޮޓޯ /ސަންއޮންލައިން
ތުޅާދޫގައި 355މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓްޖެހުމުގެމަސައްކަތްކުރަން 9.6 މިލިއަންރުފިޔާއަށް ކެޕިޓަލްއިންވެސްޓްމަންޓް ކުންފުންޏާ މިއަދު ހަވާލުކޮށްފިއެވެ.
މިމަސައްކަތް ހަވާލުކުރުމަށް މިއަދު އެންވަޔަރމަންޓްމިނިސްޓްރީގައިއޮތް ރަސްމިއްޔާތުގައި އެންވަޔަރމަންޓްމިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ތާރިގުއިބްރާހީމެވެ. ކެޕިޓަލްއިންވެސްޓްމަންޓް ކުންފުނީގެފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގޑިރެކްޓަރ ސިވަރާޖެއެވެ.
އެކުންފުންޏާ މިމަސައްކަތްހަވާލުކޮށްފައިވަނީ 200ދުވަހުގެތެރޭގައި މަސައްކަތްނިންމާގޮތަށެވެ.
މި ރަސްމިއްޔާތުގައި ތުޅާދޫއާއެކު އިތުރުދެރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެއެއްބަސްވުމުގައި ސޮއިކުރުންވެސް އޮތެވެ. އެއީ ހދ.ކުޅުދުއްފުއްޓާ ށ. ބިލެތްފައްސެވެ.