ބ. ގޮއިދޫސްކޫލްގެ ވޮލީޖާދޫ

އިންޓަރސްކޫލް 14 އަހަރުން ދަށުގެ ބ.ގޮއިދޫ ޓީމް ކާމިޔާބުގެ އުފަލުގައި

އިންޓަރސްކޫލް 14 އަހަރުން ދަށުގެ ބ.ގޮއިދޫ ޓީމް ކާމިޔާބުގެ އުފަލުގައި

މައިލޯ އިންޓަރސްކޫލް ވޮލީމުބާރާތުގެ 14 އަހަރުންދަށުގެ ފިރިހެން އަދި އަންހެން ކުދިންގެ ޗެމްޕިއަންކަންވެސް ބ.ގޮއިދޫސްކޫލް ހޯދައިގެން ވޮލީކުޅުމުގައި އެކުދިންނަށް ލިބިފައިވާ ހުނަރުވެރިކަމުގެ ޖާދޫ ދައްކާލައިފިއެވެ.

ޒުވާނުންގެ މަޒުކަޒުގެ ވޮލީކޯޓްގައި ގޮއިދޫ ސްކޫލްގެ 14އަހަރުންދަށުގެ އަންހެންޓީމް ޗެމްޕިއަންކަން ހޯދީ މިއަދުހަވީރު ޒުވާނުންގެ މަރުކަޒުގެ ވޮލީކޯޓްގައި އިމާދުއްދީން ސްކޫލް އާ ބައްދަލުކޮށް ސީދާ ތިންސެޓުން އިމާދުއްދީން ސްކޫލް ބަލިކުރުމަށްފަހުއެވެ.

އެއުމުރުފުރައިގެ ފިރިހެންކުދިންގެ ޗެމްޕިއަންކަންވެސް ގޮއިދޫސްކޫލްހޯދީ އިމާދުއްދީން ސްކޫލާ ބައްދަލުކޮށްގެން ތިން ސެޓުން މޮޅުވެގެންނެވެ.

މި އުމުރުފުރައިގެ ދެޖިންސްގެ ޗެމްޕިއަންކަން ލިބުމުން އުފާވެފައިހުރި ޓީމްގެކޯޗް ބުނީ މިރޭގެ މެޗްވެސް ކާމިޔާބުވާނެކަމުގެ އުންމީދު ބޮޑުކަމުގައެވެ.

މިރޭކުޅޭ 16 އަހަރުންދަށުގެ އަންހެން ޑިވިޝަންގެ ފައިނަލްގައި ގޮއިދޫސްކޫލާ ދެކޮޅަށް ނުކުންނަނީ އަމީނިއްޔާސްކޫލެވެ.

9:30ގައި ފަށާ މިމެޗްވެސް އޮންނާނީ ޒުވާނުންގެ މަރުކަޒުގެ ވޮލީކޯޓްގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top