ޖަޕާނުން ރާއްޖެ އަށް 1.2 މިލިއަން ޑޮލަރުގެ އެހީއެއް .

Ehiq6eWVgAMTnpN.jpg

ޖަޕާނު ސަރުކާރުން ރާއްޖެ އަށް 1.2 މިލިއަން ޑޮލަރުގެ އެހީއެއް މިއަދު ދީފިއެވެ.

މި އެހީއަކީ ޖަޕާނުން ކުރިއަށްގެންދާ “ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް ޕްރޮޖެކްޓު” ގެ ދަށުން ރާއްޖެ އަށް ދީފައިވާ އެހީއެކެވެ.

އެހީގެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން އެވެ. ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖޭއައިސީއޭ) ގެ ފަރާތުން ސޮއިކުރެއްވީ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް މިޓްސުޔޯޝީ ކަވަސާކީ އެވެ.

މި އެއްބަސްވުމުގެ ދަށުން ޖޭއައިސީއޭ އިން ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް އަހަރަކު ހަ ސްކޮލަޝިޕް ދިވެހި ދަރިވަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޖަޕާނަކީ އިޖުތިމާއީ، ތައުލީމީ އަދި ތިމާވެށީގެ ދާއިރާއިން ރާއްޖެ އަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެކެވެ.

އޭގެ އިތުރުން، ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށްވެސް ޖަޕާނު ސަރުކާރުން ވަނީ ގިނަ އެހީތަކެއް ވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top