ދަރަނި 74 ބިލިޔަނަށް އެރިއިރު އަތޮޅުތަކުގެ ގިނަ މީހުން ފެންވަރަނީ ނަޖިސް ފެނުން- އެމްޕީ. އަލީ

ali-hussain-5.jpeg

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން--ފޮޓޯ :މަޖިލިސް

ދިވެހި ރާއްޖޭގެ ދަރަނި 74 ބިލިޔަނަށް އެރިއިރު އަތޮޅު ތެރޭގެ ގިނަ ރައްޔިތުން އަދިވެސް ފެންވަރަނީ ނަޖިސް ފެނުން ކަމަށް ވިދާޅުވެ ބ.ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސެން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

އަލީ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 74 ބިލިޔަން ރުފިޔާގެ ދަރަނި ދިވެހިންގެ ބޮލުގައި އެޅުނު އިރު އަތޮޅު ތެރޭގެ ގިނަ ރައްޔިތުން އަދިވެސް ނަޖިިސްފެނުން ފެންވަރަން ޖެހިފައިވުމުން އެހުރިހައި ފައިސާ ޚަރަދުކުރީ އެންމެ ރަނގަޅަށް ނޫންކަން ސާބިތުވާ ކަމަށެވެ.

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނީގެ އަދަދު 73.9 (ގާތްގަނޑަކަށް 74) ބިލިއަން ރުފިޔާގައި ހުރިކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.

މިދިޔަ ބުރާސްފަތު ދުވަހު ފިނޭންސުން އާއްމު ކުރި ތަފާސްހިސާބު ތަކުގައި ވަނީ ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 108 ޕަސެންޓުގައެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ.

ދައުލަތުގެ ދަރަނި ބޮޑުވެގެން ދިޔައިރު މި ސަރުކާރުން އަތޮޅުތެރޭގައި އެކަށީގެންވާ ވަރަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާތީ ރައްޔިތުންގެ ނުރުހުމާއި ފާޑުކިއުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top