ރެޑްވޭވުން ދުވާ މެޝިންގެ އާ ސްޓޮކެއް ގެނެސްފި.

large_159945724121NPxF.jpg

މަޝްހޫރު ރެޑްވޭވް ކުންފުނިން ދުވާ މެޝިންގެ އާ ސްޓޮކެއް ގެނެސް ވިއްކަން ފަށައިފި އެވެ.

ރެޑްވޭވުން ބުނީ ކޮވިޑްގެ ފުރަބަންދަށްފަހު ރެޑްވޭވް ގެ ދުވާމެޝިން ނުވަތަ ޓްރެޑްމިލްގެ ޑިމާންޑު ބޮޑުވި ކަމަށެވެ.

ސްޓޮކް ހުސްވެ، ޓްރެޑްމިލްގެ ގެ އާ ސްޓޮކެއް ގެނެސްފައިވާއިރު، ރެޑްވޭވުން ބުނީ ޓްރެޑްމިލް ތައް ހުސްވެގެން ދިޔުމާއި އެކު ގިނަ އަދަދެއްގެ ކަސްޓަމަރުން ތިބީ މި ތަކެތި ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށެވެ.

އެގޮތުން ގިނަ ކަސްޓަމަރުން ޓްރެޑްމިލް އަށް ޕްރިއޯޑަރުވެސް ދިން ކަމަށް ރެޑްވޭވުން ބުންޏެވެ.

ޓްރެޑްމިލް ގެ ތިން ސައިޒެއް މިފަހަރުވެސް ގެނެސްފައިވާނެ ކަމަށް އެ ކުންފުނިންް ބުންޏެވެ. ރެޑްވޭވުން ބުނީ އެ ކުންފުނިން ބަލަނީ ވީހާވެސް އަތްފޯރާ ފަށުގައި ޓްރެޑްމިލްގެ އަގުތައް ބެހެއްޓުމަށް ކަމަށެވެ.

އަގަށް އައި ބަދަލާއި އެކު ރެޑްވޭވުން ވިއްކާ ޓްރެޑްމިލް އަކީ ރާއްޖޭގެ މާކެޓްގައި އެންމެ އެޔޮއަގުގައި ލިބިގެންދާ ޓްރެޑްމިލްގެ ރޭންޖަށް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top