ބ. ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 43 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
ސަރުކާރުން ފެހެންދޫ ބަނދަރު ހަދަން އެމްޓީސީސއާ ހަވާލުކުރުމުން މި މަސައްކަތް ފަށާފައިވަނީ 2019ވަނައަހަރު ނޮވެންބަރު މަހުއެވެ.
އެމްޓީސީސީ އިން ބުނީ މަޝްރޫއުގެ ތެރެއިން ނެރު ފުން ކުރުމުގެ 76 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާކަމަށާ ހާބަރު ބޭސިން ހެދުމުގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށެވެ.
މި މަޝްރޫއުގެ ދަށުން 25،000 ކޮޑިމީޓަރުގެ ނެރު ފުންކުރުމާއި 18،500 ކޮޑިމީޓަރުގެ ހާބަރު ބޭސިން ފުންކުރުމާއި 130 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓާ ލުމާއި 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 214 މީޓަރުގެ ސަރަހައްދެއްގައި ކީ ވޯލް ހެދުން ހިމެނެ އެވެ.
އޭގެ އިތުރުން ރޭމްޕެއް ލުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަޝްރޫއުގެ އަގަކީ 49.6 މިލިއަން ރުފިޔާއެވެ.