ބިދޭސީންނަށް ދާއިމީ ވިސާ ދިނުމުގެ އިސްލާހަށް އެމްޕީ. ސަލީމް: ރައްޔިތުން ހޭލާ ތިބޭތި!

DSCN6598.jpg

މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ---އީވީ ފައިލް ފޮޓޯ

ބިދޭސީން ދާއިމީކޮށް ރާއްޖޭގައި ތިބޭ ގޮތަށް އިސްލާހު ހުށައެޅުމަކީ މިގައުމުގެ މިނިވަން ކަން ނަގާލުމަށް ހުށައަޅާ ފުރަތަމަ ފިޔަވަޅު ކަމަށާއި މިކަމަށް ރައްޔިތުން ހޭލާތިބުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓ ލީޑަރު އަހުމަދު ސަލީމް އެދިވަޑައިގެންފިއެވެ.

މިކަމަށް އެދިވަޑައިގެން އެމްޕީ ސަލީމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިދޭސީން ދާއިމީކޮށް ރާއްޖޭގައި ތިބޭ ގޮތަށް އިސްލާހު ހުށައެޅުމަކީ މިގައުމުގެ މިނިވަން ކަން ނަގާލުމަށް ހުށައަޅާ ފުރަތަމަ ފިޔަވަޅު ކަމަށާއި މިކަމަށް ރައްޔިތުން ހޭލާތިބުމަށެވެ.

އެމްޕީ ސަލީމް މިގޮތަށް އެދިވަޑައިގެންފައި މިވަނީ ވިދާޅުވީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދޭން ޖެހޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ހުށަހަޅުއްވާފައިވަނިކޮށް ފާހަގަ ކުރެވެއެވެ.

އެމްޕީ ސަލީމްގެ އިތުރުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންވެސް ވަނި މިކަމާމެދު ކަންބޮޑުވެ، ރާއްޖޭގައި ވިސާނެތި އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ދިވެހި ގައުމިއްޔަތުގެ ސިފަ އަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

އިމިގްރޭޝަން ގާނޫނު މިހާރު އޮންނަ ގޮތުން ރެސިޑެންޓް ވިސާ ދެވޭނީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނާއި ސަރުކާރުން ގަބޫލުކުރާ ވިޔަފާރިތަކުގައިި ބޮޑެތި އިންވެސްޓްމަންޓް ކުރާ ބިދޭސީންނަށް އެކަންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ބ.އަތޮޅުގެ ދެ ދާއިރާގެ މެންބަރުންގެ އިތުރުން ގިނަ ސިޔާސީ ފަރާތްތަކާ އާއްމުންވެސް ނަޝީދުގެ މި ހުށައެޅުއްވުމަށް ދަނީ ފާޅުގައި ފާޑު ކިޔައި ނުރުހުން ފާޅު ކުރަމުންނެވެ. އެގޮތުން ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި ގޮތުގައި އިމިގްރޭޝަން ގާނޫނަށް ހުށައަޅާފައިވާ އިސްލާހަކީ ދިވެހި ގައުމިއްޔަތު ނައްތާލަން ރާވާ ރޭވުމެކެވެ. އަދި މިއީ ދިވެހި ރާއްޖޭގެ ހުރިހާ ލީޑަރުން އެކުގައި އެކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމެކެވެ.

“މިހާ ފަސޭހަކޮށް މިކަން ދޫކޮށްލައިފިނަމަ މާދަމާ ދިވެހިރާއްޖެ ކިޔާނެ ތަނެއް ނޯންނާނެ. އަބަދުވެސް (ރައީސް ނަޝީދު) ދިވެހިންނަށް ގެއްލުން ދޭން ރާވަނީ ކީއްވެބާ؟” ޖަމީލް ސުވާލު ކުރެއްވި އެވެ.

މި މައްސަލަ ދިރާސާކުރާ ކޮމިޓީން ނިންމާފައި ވަނީ ނަޝީދު ބޭނުންވި ގޮތާ މެދު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެ ކޮމިޓީ އަށް ހާޒިރުކޮށް، އޭނާ ދެކެވަޑައިގަންނަވާ ގޮތް ވެސް ސާފުކުރުމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top