ސަނަމްބޭންޑް މާލެ އަތުވެއްޖެ

ސަނަމްބޭންޑް މިއަދު ހެނދުނު އައިއެންއަެިއޭގައި ލަވަކިއުންތެރިޔާ މީރާއާއެކު

ސަނަމްބޭންޑް މިއަދު ހެނދުނު އައިއެންއަެިއޭގައި ލަވަކިއުންތެރިޔާ މީރާއާއެކު

ދިވެހި ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އިންޑިއާގެ މަޝްހޫރު މިއުޒިކްބޭންޑް “ސަަނަމް ” މިއަދު ހެނދުނުގެ ވަގުތެއްގައި މާލެއަތުވެއްޖެއެވެ.

ބޭންޑްމާލެ އައުމުން އައިއެންއައިއޭ އިން ވަނީ ހޫނު މަރްހަބާއެއް ކިޔާފައެވެ.

ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބުގެ ދައުވަތަކަށް ސަނަމްބޭންޑްގައި ހިމެނޭ ހަތަރު ފަންނާނުންނާއެކު މާލެއައީ މިނިވަން 50 ފާހަގަކުރުމަށް ބާއްވާ ވިޒިޓްމޯލްޑިވްސް އިޔަރ އެޑިޝަންގެ ޚާއްޞަ ޝޯގައި ޕާފޯމް ކުރުމަށެވެ. މިޝޯއަންނާނީ އަންނަ ހޮނިހިރުދުވަހުގެ ރޭ މާލޭގެ ރާޅުގަނޑު ސަރަހައްދުގައެވެ.

އައިއެންއައިއޭގައި ރާއްޖޭގެ ބައެއް ނޫސްރިޕޯޓަރުން ކުރި ސުވާލުތަކަށް ވަރަށް ހިނިތުންވެގެން ހުރެ ސަނަމް ބުނެފައިވަނީ މިއީ ވަރަށް އެކްސައިޓް އަދި ސަޕްރައިޒް ދަތުރެއްކަމުގައެވެ. އަދި ރާއްޖޭގައި ޕާފޯމް ކޮށްލުމަށް ދައުވަތު ދިނީތީވެ މިނިސްޓަރ އަދީބަށް ވަރަށްބޮޑަށް ޝުކުރުއަދާކުރިއެވެ.
ޝޯއާބެހޭގޮތުން ބުނީ މުޅިޝޯވެސް ފެނިގެންދާނީ ސަޕްރައިސެއގެ ގޮތުގައެވެ.

“ތަރުހީބު ދެއްވުމަށް ހުރިހާ އެންމެންނަށްވެސް ޝޯއަށް ދައުވަތު އަރުވަން. ” ސަނަމް ބުނެލިއެވެ.

މި ގްރޫޕާއެކު ދިވެހި ބައެއްފަންނާނުންވެސް ޕާފޯމްކުރާގޮތަށް ހަމަޖެހިފައިވެއެވެ. އޭގެތެރޭގައި މަޝްހޫރު ޒުވާންލަވަކިއުންތެރިޔާ މީރާ މުހައްމަދު ހިމެނެއެވެ. އޭނާވަނީ ދާދިފަހުން އިންޑިއާއަށް ގޮސް މި ގްރޫޕާއެކު މާލޭގައި ލަވަކިއުމުގެ އިވެންޓެއް ފުރިހަމަކޮށްފައެވެ.

ސަނަމް ބޭންޑް އުފެދުނީ ބޭބެ ސަމަރްޕޫރީގެ އެދުމުގެ މަތިން ސަނަމްޕޫރީގެ އުމުރުންއެންމެ 13 އަހަރުގައެވެ. ފުރަތަމަ އާއިލާގެ މީހުންނަށް ޝޯދީ އެމީހުންގެ ފަރާތުން ލިބުނު ތަރުހީބާއެކު ނުކުމެ ގިނަ ނާކާމިޔާބުތަކަކަށްފަހު ވައިގާހިފާފައިވަނީ 2013 ގައެވެ. އެގޮތުން އެއަހަރުނުކުތް ފިލްމްތަކުގެތެރެއިން ގޯރީތެރޭ ޕިޔާރްމޭ އާއި ހަސީތޯޕަސީ ފަދަ ފިލްމުތަކަށް ލަވަކިޔައިގެން ބޮޑުމަޝްހޫރުކަމެއް ހޯދިއެވެ. އޭގެ ފަހުން މި ބޭންޑްވަނީ އެކި ގައުމުތަކުގައިގިނަ ޝޯތަކެއް ދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top