މިނިވަންފަންސާހަށް އޭދަފުށި ތައްޔާރުވާންފަށައިފި

މިނިވަން 50 ފާހަގަކުރުމުގެ ގޮތުން ރަށެތެރެ ޒީނަތްތެރި ކުރުމުގެ މަސައްކަތުގައި.      ފޮޓޯ އީޓީ

މިނިވަން 50 ފާހަގަކުރުމުގެ ގޮތުން ރަށެތެރެ ޒީނަތްތެރި ކުރުމުގެ މަސައްކަތުގައި. ފޮޓޯ އީޓީ

މިނިވަންކަމަށް 50އަހަރުފުރޭ ރަންޔޫބީލް ފާހަގަކުރާ އުފާވެރި މުނާސަބަތަށް އޭދަފުށި ތައްޔާރުވާން ފަށައިފިއެވެ.
އެގޮތުން ރަށުގެ ބޮޑުފާލަމާ ބަނދަރުސަރަހައްދުގައިވާތަންތަނާއި ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި އިމާރާތްތަކުގެ ފާރުގެ ކުލައާކުރުމާއި ދިއްލުމުގެ މަސައްކަތްވެސް ކުރެވެމުން އެބަދެއެވެ.

އޭދަފުށީކައުންސިލްގެ ރައީސް އަލީވަހީދު ވިދާޅުވިގޮތުގައި މިމަސައްކަތް ކުރުމުގައި ހަރަކާތްތެރިވަމުންދަނީ ސަރުކާރު މުވައްޒަފުންނާއި ޕޮލިސްގެ އިތުރުން ބައެއްކްލަބް ޖަމްއިއްޔާތަކާއި އާއްމުފަރާތްތަކުންނެވެ. މިމަސައްކަތް އަންނަބުރާސްފަތިދުވަހުގެ ނިޔަލަށް ނިންމާލެވޭވަރު ވާނެކަމަށާއި އެރޭ ސަރުކާރުގެ އޮފީސްތަކާ ކުންފުނިތަކުގެ އިތުރުން އެހެންތަންތަންވެސް ގައުމީކުލަތަކުން ދިއްލާލެވޭނެކަމަށްރައީސް ވިދާޅުވިއެވެ.

މިނިވަން 50 ފާހަގަކުރުމުގެ ގޮތުން ރަށުތެރެ ޒީނަތްތެރިކުރުމުގައި އާއްމު ރައްޔިތުންގެބައިވެރިވުން ބޮޑުކުރުމަށާއި މިކަމަކީ ގައުމީކަމަކަށްދެކިގެން ހުރިހާ އެންމެންވެސް އެރޫހުގައި މަސައްކަތްކުރުމަށް ކައުންސިލްގެ ރައީސް އެދިލައްވައެވެ.

ރައީސް މިކަމަށް އެދި އިލްތިމާސްކުރައްވަމުން މިމަސައްކަތުގައި އަމަލީ ގޮތުން ޙަރަކާތްތެރިވާއިރު ދެން ތިއްބެވި ކައުންސިލް މެންބަރުންގެ ޙަރަކާތްތެރިކަން ފެންނަމުން ނުދާތީ އެސުވާލު ރައްޔިތުން ކުރިމަތިކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top