ފުއްގަނޑު ހެދުމަށް ބޭނުންވާ ތަކެތި :
1 ޖޯޑު ގޮދަންފުށް
1/2 ސައި ސަމުސާ ލޮނު
1 ބިސް
20އެމްއެލް ތެޔޮ
ހަދާނެ ގޮތް
ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު ފުށްގަނޑު މޮޑެލާށެވެ. އަދި 2 ބަޔަށް ބަހާލާށެވެ. އެއަށްފަހު ފިލިންގ ހަދަން ފަށާށެވެ.
ފިލިންގ ހެދުމަށް ބޭނުންވާ ތަކެތި
250 ގްރާމް ބޯންލެސް ޗިކަން
1 މޭޒުމތީ ސަމުސާ ތަންދޫރީ ޕޭސްޓް
1 ސައިސަމުސާ ކޮރިއެންޑާ ފަތް ކުދިކޮށް ކޮށާފައި
1ސައިސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް
10 އެމްއެލް ކައްކާ ތެޔޮ
125 ގްރާމް މޮޒެރެއްލާ ޗީޒް
ޗީޒްކޮޅު ނޫން ހުރިހާ އެއްޗެއް އެއްކޮށްލާފައި ރޯފިލަންދެެން ކައްކާލާށެވެ.
ތައްޔާރު ކުރި ފުށްގަނޑު ރޮށި ދަމާހެން ދަމާލާށެވެ. އަދި އެއް ރޮށި މަތީގައި މޮޒެރެއްލާ ޗީޒްކޮޅުގެ ½ ގާނާލުމަށްފަހު އޭގެ މައްޗަށް ތަންދޫރީ ކުކުޅުކޮޅު އަޅާލާށެވެ. ކުކުޅު ކޮޅުގެ މައްޗަށް ބާކީ ހުރި ޗީޒްކޮޅު އަޅާލާފައި އަނެއް ފުށްގަނޑު މަތީގައި ބާއްވާލާށެވެ. ދެން ފުށްގަނޑުގެ ކައިރި ތަކުގައި ކުޑަ ފެންފޮދެއް ހޭކުމަށްފަހު ތަތް ކޮށްލާށެވެ. ޕައި މަތީގައި ބިހުގެ ގޮބޮޅި ހޭކުމަށްފަހު 250 ޑިގްރީގައި 25 މިނިޓް ވަންދެން ފިހާށެވެ.