(ލިއުނީ: މުހައްމަދު އަހުނަފް) ހިންދީ ފިލްމީ ތަރިންގެ ތެރެއިން ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމުގެގޮތުން އަމަލު ކުރަންވީ ގޮތް އެންމެ ފަހުން ކިޔައިދީ އެކަމަށް ނަސޭހަތްތެރިވެފައިވަނީ ކަރީނާ ކަޕޫރެވެ.
ކަރީނާ ބުނަނީ ކޮރޯނާ ފެތުރެމުން ދާ މި ދުވަސްވަރު، ފައިދާހުރި ކާނާ ކެއުމާއި ސާފުތާހިރުކަން އިތުރުކޮށް ދިރިއުޅެމުންދާ ގެ ޑިސްއިންފެކްޓް ކުރުމަކީވެސް ވަރަށް މުހިއްމު ކަމެއް ކަމުގަ އެވެ.
ކަރީނާ، މޭޒެއް ފުހެން ހުއްޓާ އޭނާގެ ފޭން ކްލަބުން އިންސްޓަގްރާމް ކޮށްފައިވާ ވީޑިއޯއެއްގައި ކެމެރާއަށް ބަލަހައްޓައިގެން ހުރެ އޭނާ ބުނެއެވެ.
“ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމާއި ބަދިގެތެރެ ސާފުތާހިރުކޮށް ބެހެއްޓުމުގެ މުހިއްމުކަން އަހަރެމެން އެންމެންވެސް އެނގެއެވެ. މީގެ އިތުރުން ދިރިއުޅޭ ތަން ޑިސްއިންފެކްޓް ކުރުމަކީވެސް ހަމައެހާ މުހިއްމު ކަމެކެވެ. ކޮންމެކަހަލަ ޑިސްއިންފެކްޓަންޓް އެއް ބޭނުންކުރި ކަމުގައިވިޔަސް މޭޒުތަކާއި ބަދިގެ ކައުންޓަރު ތައްފަދަ ގިނަގިނައިން އަތްލައި އުޅޭ ތަންތަން ޑިސްއިންފެކްޓް ކުރަން ހަނދާން ނައްތާނުލާށެވެ. ޑަބްލިޔޫއެޗްއޯ އިން ވެސް ނަސޭހަތް ތެރިވަނީ މިގޮތަށް ކަންތައް ކުރުމަށެވެ. އަޅުގަނޑުމެން ވެސް ކަންތައްކުރަނީ މިހެންނެވެ. ތިޔަބޭފުޅުންވެސް މި ގޮތަށް ކަންތައް ކުރައްވާށެވެ. ”
އިންޑިއާގެ ފުރަބަންދުގެ މުއްދަތު އިތުރު ކުރުމުގެ ކުރިން ކަރީނާގެ #ގާލް ގޭންގް –ކަރިޝްމާ ކަޕޫރު، މަލައިކާ އަރޯރާ އަދި އަމްރީތާ އަރޯރާ އާއެކު ނަގާފައިވާ ފޮޓޯއެއް ޕޯސްޓު ކުރަމުންވެސް ލިޔެފައިވެ އެވެ. .”އަހަރެމެން ހަތަރު މީހުން އެއްމޭޒުން ތަފާތު ހަތަރު މޭޒަށް ދާން މިޖެހުނީ. މިހާ ގިނަ ދުވަސް # ގާލް ގޭންގް އާ ދުރުގައި އުޅެން ވަރަށް އުނދަގޫ ވާނެ. #ތްރޯބެކް ތާޑްޑޭ.” އެފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ މިހެންނެވެ.