ކޮވިޑް-19 އާ ގުޅިގެން ”އެންމެންނާއެކު އުރީދޫ ”މި ޝިޔާރުގެ ދަށުން ކަސްޓަމަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ފޯނު ބިލާއި، ފައިބަރ އަދި ވަޔަރލަސް ބްރޯޑްބޭންޑްގެ ބިލު ތަކަށް މި މަހު ފައިސާ ނުދެއްކުނަސް ޚިދުމަތް މެދުކަނޑާ ނުލާނެކަމަށް ބުނެފިއެވެ.
އުރީދޫ އިން މިއަދު ކުރި ޓްވީޓެއްގައި އިތުރަށް ބުނެފައިވަނީ މި މަހުގެ ނިޔަލަށް އުރީދޫ ކަސްޓަމަރުންނަށް، އެހެން ނެޓްވޯކްތަކުގެ ނަމްބަރުތައްވެސް ހިމެނޭހެން ހިލޭ އެސްއެމްސް ކުރެވޭނެކަމަށްވެސް އުރީދޫ އިން މިއަދު ބުނެފައިވެ އެވެ. ހަމައެއާއެކު އެޗްޕީއޭއިން އަންގައިގެން ގޭގައި މަޑުކުރަން ޖެހޭ އާއިލާތަކަށް ސުޕަރނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %25 ބޯނަސް ޑޭޓާ ލިބޭނެކަމަށްވެސް އުރީދޫ އިން ބުނެފައިވެ އެވެ.
މި ހާލަތުގައި އުރީދޫގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.މިގޮތަށް ގޭގައި ތިބެގެން މުއާމަލާތްތައް ކުރުމުގައި އުރީދޫގެ ޑިޖިޓަލް ހިދުމަތްތަކުގެ ބޭނުން ހިފުމަށްވެސް އެދިފައިވެއެވެ.
އުރީދޫ އިން ބުނީ ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި މެނުވީ އުރީދޫގެ ސްޓޯރުތަކަށް ނުދިއުމަށް ބާރުއަޅާ ކަމަށެވެ. އެގޮތުން އުރީދޫގެ ގިނަ ހިދުމަތްތަކެއް އުރީދޫ އެޕް މެދުވެރިކޮށް ހޯދުމަށް އެ ކުންފުނިންއެދެއެވެ.