ނޭހާ ބުނަނީ އަދިތުޔާ އާއި ކައިވެނިކުރަން ނޫޅޭކަމަށް.

Neha-Kakkar-and-Aditya-Narayan.jpg

ސޮނީ ޓީވީއިން ދައްކަމުން ގެންދިޔަ އިންޑިއަން އައިޑޮލް 11 ގެ އެއް ޖަޖް އަދި ކުޅަދާނަ ލަވަކިއުންތެރިޔާ ނޭހާ ކައްކާރު އާއި އެޝޯ ހޯސްޓު ކުރި އަދިތުޔާގެ ކައިވެނި ވަރަށް އަވަހަށް ކުރެވިގެން ދާނެކަމަށް މީޑިއާ ތަކުގެބޮޑު ޚަބަރަކަށް މިދިޔަ ދުވަސްތަކުގައި ވަނީ ވެގެން ގޮސްފައެވެ.

އަދިތުޔާގެ ބައްޕަ، މަޝްހޫރު ލަވަކިއުންތެރިޔާ އުދިތުނާރާޔަން ވެސް މި ޝޯވ މެދުވެރިކޮށް ނޭހާއާއި އަދިތުޔާ އަކީ ވަރަށް ގުޅޭ ޖޯޑެއްކަމާ އެމީހުންގެ ކައިވެންޏަށް ރުހި ގަބޫލު ކަމަށް ޝޯގައިވަނީ ބުނެފައެވެ. އެވަރުން ނިންމާލީއެއް ނޫނެވެ. މި ދެތަރިގެ ކައިވެނީގެ ތާރީހުވެސް ކަނޑައަޅައި ކައިވެންޏަށް ޚާއްސަ ކޮށްގެން ދެއްކި ޝޯ އެއް ގައި އަދިތުޔާ ކަރުގައި މާފަތި އަޅުވާތަން ދެއްކުމުން ޝައްކު ނުއުފެދޭ ހިސާބަށް ދިޔައެވެ.

އެހެން ނަމަވެސް މިއީ ހަގީގަތެއް ނޫނެވެ. އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ނޭހާ ބުނީ އެކަމުގައި އެއްވެސް ހަގީގަތެއް ނެތްކަމާއި އެއި ހަމައެކަނި އެޝޯގެ ރޭޓިންގ މަތި ކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ.

އަދިތުޔާ ބެހޭ ގޮތުން ނޭހާ ބުނީ އެއީ ރަނގަޅު އެކުވެރިއެއްކަމަށާއި އުދިތުގެ ކައިވެނި މި އަހަރުތެރޭގައި އޭނާގެ ޒަމާންވީ ލޯބިވެރިޔާ އާއި ކުރެވިގެން ދާނެކަމަށެވެ.

އިންޑިއަލް އައިޑޮލް 11 ޝޯ ރޭ ވަނީ ނިންމާލާފައެވެ. މި ޝޯގައި އިންޑިއަން އައިޑޮލް 11 އަށް ހޮވާފައިވަނީ މަރުހޫމް ނުސްރަތް ފަތި އަލީ ޚާންގެ އަޑާއި ވައްތަރު ގޮތަކަށް ލަވަ ކިަޔަމުން އައި އިންޑިއާގެ ޕަންޖާބީގެ ފަގީރު އާއިލާއަކަށް ނިސްބަތްވާ ސަނީ ހިންދުސްތާނީ އެވެ. ސަނީ އަށް ވަނީ އިންޑިއަން އައިޑޮލް 11 ގެ ޓްރޮފީ އާއި ފައިސާގެ ގޮތުގައި 25 ލައްކަ ރުޕީސް ލިބިފަައެވެ. އަދި އޭނާއަށް ވަނީ ޓީ-ސީރީސްގެ ދެން އޮންނަ ޕްރޮޖެކްޓަކަށް ލަވަ ކިޔުމުގެ ފުރުސަތުވެސް ލިބިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top