ސައީދު، ގާސިމަށް: ސަރުކާރުގައި ހިމެނޭ ޕާޓީއެއްގެ ލީޑަރަކު ވެރިކަމަށް ޝައުގުވެރިކަން ފާޅުކުރަނީ ކޮން ނިޒާމެއްގައިތޯ؟

l_2019_08_01_100625_ekjr19ivfal56oh2bzt83uxg4cndsymwqp7_EN_-1-810x523.jpeg

މާވަށު ދާއިރާގެ އިއްޒަތްތެރި މެންބަރު އަދި ކުރީގެ އެކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު --ފޮޓޯ :ވީ ނިއުސް

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީއެއްގެ ލީޑަރަކު ވެރިކަމަށް ޝައުގުވެރިކަން ފާޅު ކުރަނީ ދުނިޔޭގެ ކޮން ނިޒާމެއްގައިތޯ، އައްސަވައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު، އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައިީދު، ސުވާލު އުފައްދަވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް އަމާޒުކޮށް އެމްޕީ.ސައީދު މި ސުވާލު އަމާޒުކޮށްފައިވަނީ ސައީދު އިއްޔެ ކުރައްވާފައިވާ ޓުވީޓެއްގައެވެ.

މި ޓްވީޓުގައި ސައީދު ވިދާޅުވެފައިވަނީ އަމިއްލަ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން، ރައީސަކަށް ހުންނަވާ ބޭފުޅަކަށް ޗެލެންޖު ކުރައްވައި، ވެރިކަމަށް ޝައުގުވެރިކަން ފާޅު ކުރެއްވުމަކީ، ދުނިޔޭގެ ކޮން ނިޒާމެއްގައި އޮންނަ ކަމެއް ކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް ނަތީޖާ ނުނެރެވެނީ ނަޝީދުގެ ސަބަބުން ކަމަށް ގާސިމް ވިދާޅުވެފައިވާތީ އެކަމަށްވެސް ފާޑުކިއުއްވަމުން ސައީދު ވިދާޅުވީ ބައިކޮޅަށް ގޯލު ޖަހަނީ ހަމަ ބައިކޮޅުގައި ތިބި މީހުންނެވެ.

އިއްޔެ ރޭ ޖޭޕީއާ ގުޅުނު އާ ބައެއްގެ ފޯމުތައް ހަވާލުކުރުމަށް ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޖޭޕީ ތައްޔާރުވަމުން އަންނަ ކަމަށާ އިންތިހާބުގައި އެޕާޓީގެ ފަރާތުން ވާދަ ކުރައްވާނީ ކޮން ބޭފުޅެއްކަން ނިންމާނީ ޕާޓީން ކަަމަށެވެ.

މި ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވެފައިވެއެވެ. ގާސިމް ވިދާޅުވެފައިވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގައިކޮޅުގައި، ރައީސް ނަޝީދު ޖައްސަވަމުން ދާ ކަމަށާއި، ބައިކޮޅަށް ގޯލުވެސް ޖައްސަވަމުން ގެންދަވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top