ހަގިގީ ތަރައްގީއަކީ ބާރު ސްޕީޑްގައި ނަތީޖާ ނެރެ ރައްޔިތުންނާއި ގައުމަށް މަޑު ޖެހުމެއް ނެތި ކުރިއެރުން ލިބުން ކަމުގައި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅު ވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ ބްރިޖާއި އެކު މުދަލުގެ އަގު ހެޔޮވެ ވަޒީފާއަށް ދާ އަންހެނުން ގިނަވެއްޖެ ކަމަށް “ސަންއޮންލައިން” އިން ގެނެސްދީފައިވާ ޚަބަރެއް ޓުވީޓު ކުރައްވަމުންނެވެ.
ސައީދު ވިދާޅުވަނީ އެއީ ރައީސް ޔާމީން ގެ ދުރު ވިސްނުންފުޅު ކަމަށެވެ.
ޗައިނާ – މޯލްޑިވްސް ފްރެންްޑްޝިޕް ބްރިޖަކީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގުނު ތަރައްގީގެ އެންމެ ބިޔަ އެއް މަޝްރޫއުއެވެ. އެ ބުރިޖް އަޅާފައިވަނީ ޗައިނާގެ އެހީއާއެކުގަ އެވެ.