ގިނައަދަދަކަށް ދިވެހި ޓީޗަރުން ބޭނުންވެއްޖެ

52319879_2787013714658494_4023486768316678144_n-1.jpg

ފޮޓޯ: ބ.އަތޮޅު ތައުލީމީ މަރުކަޒު

ސަރުކާރު ސްކޫލްތަކުގައި ކިޔަވައިދެމުން ގެންދާ ބިދޭސީ ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ބޭނުން ވެގެން އިއުލާނު ކޮށްފިއެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 59 ރަށެއްގެ ސްކޫލަށް ބޭނުންވާ ދާއިމީ ދިވެހި ޓީޗަރުން ބޭނުންވާކަމަށާ މީގެ ތެރޭގައި ހިމެނެނީ އިނގިރޭސި ބަހުން ހުރި މާއްދާތައް ކިޔަވައިދިނުމަށް ބޭނުންވާ ޓީޗަރުން ކަމަށެވެ.

މުސާރައިގެ ގޮތުގައި ހަތްހާހާއި ދިހަ ހާހާ ދެމެދުގެ މުސާރައެއް ކަނޑައަޅާފައިވާއިރު ސަރވިސް އެލެވަންސްގެ ގޮތުގައި ދެހާސް ފަސްސަތޭކަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މި މަގާމުތަކުގެ ރޭންކަކީ ސީ.އެސް 11އިން ސީ.އެސް 15އަށެވެ.

ވަޒީފާގެ މުސާރައިގެ އިތުރުން އިނާޔަތްތަކުގެ ގޮތުގައި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތާ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެ ކަމަށާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެޑިއުކޭޝަން ކޮލިފިކޭޝަން އެލަވަންސްއާއި ރަށުން ބޭރުން ވަޒީފާ އަދާކުރުމަށް ދާ މުވައްޒަފުންނަށް ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެމަތިން ހުރުމާއި ކެއުމުގެ އެލަންވަންސް ހަމަޖެހިގެންދާނެކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

މިކަމަށް އެދޭ ފަރާތްތަކުން ބޭނުންވާ ލިޔެކިޔުންތަކާއެކު އެޑިއުކޭޝަން މިނިސްޓްރީއަށް ހުށައަޅަންޖެހޭ ސުން ގަޑިއަކީ އަންނަ މަހުގެ 8ވަނަ ދުވަހު މެންދުރު 1:30އެވެ.

މިއަހަރުގެ ދިރާސީ ކިޔެވުން ފެށިއިރު ރާއްޖޭގެ ސްކޫލްތަކަކުގައި އެއްހާހަށްވުރެ ގިނަ ބިދޭސީ ޓީޗަރުން ކިޔަވައިދެމުންދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top