ތުޅާދޫ ކައުންސިލްގެ ރައީސް އެއްމަސްދުވަހަށް ސަސްޕެންޑް

l_1061911.jpg

މިދިޔަ މޭ މަހުގެ 30 ވަަނަދުވަހު ތުޅާދޫގައި ބޭއްވި ކުޑަކުދިންގެ ހިނގާލުމުގައި ކުދިން ބައިވެރިނުކުރަން ގޮވާލައި ޓްވިޓްކުރުމާއި ގުޅިގެން ތުޅާދޫ ކައުންސިލްގެ ރައީސް، އަޙްމަދު ޢަބްދުއްރަޙީމް ސަސްޕެންޑް ކޮށްފިއެވެ.
އޭނާ ސަސްޕެންޑްކުރިކަން އެންގުމަށް އެލްޖީއޭއިން އޭނާ އަށް ފޮނުވި ސިޓީގައި ވަނީ އެ ޓްވީޓަކީ ޒިންމާދާރު މަގާމެއްގައި ހުރެ ގައުމީ ފެންވަރުގައި ސަރުކާރުން ހިންގަން ކަނޑައަޅާފައިވާ ސިޔާސަތުތަކާ ދެކޮޅަށް ކުރެއްވި ޓްވިޓެއްކަމުގައެވެ. ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް މުޖްތަމައުގައި ބައިބައިވުން އުފެދިގެން ހިގައިދާނެ ކަމެއް ކުރެއްވި ސަބަބު އޮޅުންފިލުވުމަށް އަޙްމަދު ޢަބްދުއްރަޙީމަށް ފޮނުވި ސިޓީއާއި ހިނގާލުމަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއްގައި ކައުންސިލްގެ މެންބަރަކު ބައިވެރި ނުވުމަށް އެދި ފޮނުވި ސިޓީގެ ޖަވާބުގައި ޣައިރު ޒިންމާދާރު ޖަވާބެއް ދީފައިވާ ކަމަށް އެސިޓިގައި ބުނެފައި ވެއެވެ.
އެގޮތަށް އޭނާގެ އަމަލުތައް ބެހެއްޓުމުގެސަބަބުން އެއްމަސްދުވަހުގެ މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށާއި، މިއަހަރުގެ ރަމަޟާން އިނާޔަތް ފިޔަވައި އެއްމަސްދުވަހުގެ މުސާރައާއި އިނާޔަތް ހިފަހައްޓަން އަންގާފައިވާނެކަމަށްވެސް އެސިޓީގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top