ސަލްސާ ރިޓްރީޓުން އާއިލީ ހެނދުނުގެ ނާސްތާ ތައާރަފް ކޮށްފި

DSCN3244.jpg

ސަލްސާރިޓްރީޓް --އީވީ ފޮޓޯ

އޭދަފުށީގައި ހުންނަ ސަލްސާ ރީޓްރީޓުން އީދާ ދިމާކޮށް އާއިލީ ހެނދުނުގެ ނާސްތާގެ ނަމުގައި އަތްފަޔަށް ކުޅަދާނަ މިންވަރަށް އަގުވެސް ތިރިކޮށްލާފައި ހެނދުނުގެ ނާސްތާ ތައާރަފްކޮށްފިއެވެ. ބޭނުމަކީ ރަށަށް އަރާ މެހްމާނުންނާއި ރަށުގެ ރައްޔިތުންވެސް އީދުގައި އެކުވެރިކަމާއެކު ހިތްފަސޭހަ މާހައުލެއްގައި ބައްދަލުކޮށް މީރު ހެނދުނުގެ ނާސްތާއަކުން ދުވަސް ފެށުން ކަމުގައި ސަލްސާއިން ބުނެއެވެ.

“އީދު ފެމިލީ ބްރެކްފާސްޓް”ގެ ނަމުގައި ބުފޭއެއްގެ ގޮތަށް ސަލްސާއިން ތައާރަފް ކުރި ހެނދުނުގެ ނާސްތާ މިއަދުން ފެށިގެން ލިބޭނެއެވެ. އަގަކީ ބޮލަކަށް 49 ރުފިޔާއެވެ.

ހެނދުނު 7 އިން ފެށިގެން 10:30 އާ ހަމައަށް ބުފޭއެއްގެ ގޮތަށް ކުރިއަށް ދާ މި ނާސްތާގައި ދިވެހި އަދި ކޮންޓިނެންޓަލް ބްރެކްފާސްޓްވެސް ހިމެނެއެވެ. އާއިލީ ހެނދުނުގެ ނާސްތާގައި ބައިވެރިވާ 6 އަހަރުން ދަށުގެ ކުދިންނަށް އެއްވެސް އަގެއް ނުނަގައެވެ.

ސަލްސާ ރިޓްރީޓަކީ ސަލްސާ އިންވެސްޓްމަންޓްގެ ކުޑައިގެ ދަށުން އޭދަފުށީގައި ހިންގަމުން އަންނަ އެންމެ ފެންވަރު ރަނގަޅު އެއް ރެސްޓޯރެންޓެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top