މޯލްޑިވިއަންގެ އާ އޮފީހެއް ދަރަވަންދޫގައި ހުޅުވައިފި

viber_image_2019-07-29_14-14-55.jpg

ދިވެހި ގައުމީ އެއަރލައިން، މޯލްޑިވިއަންގެ އާ އޮފީހެއް ބ. ދަރަވަންދޫ އެއާޕޯޓުގައި މިއަދު ހުޅުވައިފި އެވެ.

މި އޮފީސް ހުޅުއްވައިދެއްވީ މިކަމަށް ޚާއްސަޮށްގެން ދަރަވަންދޫ އެއަރޕޯޓުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރ އައިމިނަތު ސަމީހާ އެވެ.

މި ރަސްމިއްޔާތުގައި ދަރަވަންދޫ އެއަރޕޯޓް މެނޭޖަރ ނާޒިމް އަބްދުއްސައްތާރާއި މޯލްޑިވިއަންގެ އިސް ބައެއް ވެރިންގެ އިތުރުން ދަރަވަންދޫ އެއަރ ޕޯޓުގައި މަސައްކަތްކުރާ މޯލްޑިވިއަންގެ މުވައްޒަފުން ބައިވެރިވިއެވެ.

ދަރަވަންދޫ އެއަރޕޯޓުގެ މެނޭޖަރ ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ އަލަށް ދަރަވަންދޫ އެއާޕޯޓުގައި ހުޅުވި މޯލްޑިވިއަންގެ މި އާ އޮފީހުން ރިޒަވޭޝަން ހެދުމާއި ޓިކެޓް ގަތުމުގެ ޚިދުމަތް ލިބެން ހުންނާނެ އެވެ. މީގެ އިތުރުން މި އޮފީހުގެ ސަބަބަުން ކަސްޓަމަރުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމުގައި އިތުރު ފަސޭހަތަކަކާއެކު ޚިދުމަތްތައް އަވަސްވެގެން ދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު 12 އެއާޕޯޓެއް ހިންގަމުން އަންނަ އިރު 11 އެއާޕޯޓަކަށް މޯލްޑިވިއަން އިން ޝެޑިއުލް ދަތުރުތައް ކުރެއެވެ. އެއިން ކޮންމެ އެއާޕޯޓެއްގައި މޯލްޑިވިއަންގެ ޓިކެޓިން އޮފީހެއްވެސް ހުރެ އެވެ.

މޯލްޑިވިއަން އިން ދަރަވަންދޫއަށް ދުވާލަކު ހަތަރެއް ނުވަތަ ފަސް ފްލައިޓް ދަތުރު ކުރެއެވެ. އެއާއެކު ޖުމްލަ 20 ފްލައިޓް ކޮންމެ ދުވަހަކު އައިސް ގޮސްވާ މި އެއަރޕޯޓް ހިމެނެނީ  ރާއްޖޭގެ އެންމެ ބާރުބޮޑު ޑޮމެސްޓިކް އެއާޕޯޓްގެ ގޮތުގައެވެ.

މޯލްޑިވިއަންގެ ފްލީޓުގައި ޖުމްލަ 23 ބޯޓު މިހާރު އޮވެ އެވެ. އެއީ ބޭރުގެ އުދުހުންތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އަދި އޭ321 މަރުކާގެ ދެ ބޯޓާއި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ޑޭޝް 8-200 މަރުކާގެ ދެ ބޯޓު އަދި ޑޭޝް 8-300 މަރުކާގެ އަށް ބޯޓުގެ އިތުރުން، ސީޕްލޭން ހިދުމަތް ބޭނުންކުރާ ޑީއެޗްސީ-6 ޓުވިން އޮޓާ މަރުކާގެ 11 ބޯޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top