އޭލެވެލް އިން ދުނިޔޭގެ އެއްވަނައިގާ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރުން

66323325_3044258202267376_1989656428939313152_n.jpg

މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުން ދުނިޔެއިން އެއްވަނަ ހޮވުނު ދަރިވަރުންގެ ތެރޭގައި ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރުން ކަމަށްވާ ޝަމީލާ އަބްދުލްޖަމީލް، އާއި އަހުމަދު އިޖްލާލް، ހޮވިއްޖެއެވެ.

މިކަން އިއުލާނު ކޮށްފައިވަނީ މަތީ ސާނަވީ އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ކުދިންނަށް އިނާމު ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ބ.އަތޮޅު ތައުލީމ މަރުމަޒުގެ މި ދެދަރިވަރުންނާއެކު މުޅި ރާއްޖެއިން ވަނީ 11 ދަރިވަރުން ހޮވިފަ އެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު މަތީސާނަވީ ތައުލީމު ނިންމި ބ.ކެންދޫ ބުލްބުލާގޭ ޝަމީލާ އަބްދުލްޖަލީލު އާއި ރ.އިނގުރައިދޫ ޝަބްނަމީގޭ އަހުމަދު އިޖްލާލް، އޭލެވެެލްއިން ދުނިޔޭގެ ފެންވަރުން އެއްވަނަ ހޯދާފައިވަނީ އެކައުންޓިން މާއްދާއިން ނެވެ. މި މާއްދާއިން އެއްވަނަ ހޯދުމުގެ އިތުރުން މި ދެ ދަރިވަރުން ވަނީ ރާއްޖޭގެ ގަދަ ދިހައެއްގައިވެސް ހިމެނިފަ އެވެ. މީގެ އިތުރުން އިޖުލާލު ވަނީ އިކޮނޮމިކްސް އިން ދުނިޔޭގެ 9 ވަނައިގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top