ޖަލުތަކުގެ ހާލަތާ ބެހޭގޮތުން އެމްޕީ. ސަލީމް ވާހަކަދައްކަވައިފި

img_md_201906170210491560762649.0045.jpeg

މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް / ފޮޓޯ: މަޖިލިސް

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމާ ބެހޭ ގޮތުން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވާހަކަ ދައްކަވައިފިއެވެ.

ދިވެހިރާއްޖޭގެ ޖަލުތަކުގެ އޯޑިޓް ރިޕޯޓު 2019 އާ ގުޅޭ މައްސަލައިގެ ބަހުސް ކުރިއަށް ގެންދަވަމުން މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ސަލީމް ވިދާޅުވީ މެންބަރުން އިހްލާސްތެރި ކަމާއެކު މަސައްކަތް ކޮށްފިނަމަ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށެވެ. އަދި ދައުލަތުގައި ފައިސާ އެބަހުރި ކަމަށާއި، ދައުލަތަށް އާމްދަނީ ލިބޭނެގޮތް ވެސް އެބަހުރި ކަމަށެވެ.

“މިއަހަރުގެ ބަޖެޓަކީ 30 ބިލިއަން ރުފިޔާ. މިއީ ހަތަރުލައްކައެއްހާ މީހުންގެ އާބާދީއަކަށް ވަރަށް ތަނަވަސްކަމާ އެކީގައި އުޅެވޭ ފެންވަރަށް އާމްދަނީ ލިބޭ ބަޖެޓެއް. އެހެންކަމުން ޖަލުތަކުގެ މައްސަލަ ހައްލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް .” ސަލީމު ވިދާޅުވިއެވެ.

ސަލީމު ވިދާޅުވީ ޖަލު ގޮޅިތަކަށް ދިޔަ މީހުން އެތަނުގެ ހާލަތު ގެ ވާހަކަ ކިޔައިދޭއިރު އެތަނުގައި ހުންނަ ކުދި ގޮޅިތަކެއްގެ ވާހަކަ އާއި ސިމެންތި އަށިތަކަށް ހެނދުނު އެއަރާ ހޫނު ،ރޭގަނޑު12 ޖަހާއިރުވެސް ނުފިލާ ހުންނަ ވާހަކަ ދައްކާއަޑު އިވޭ ކަމުގައެވެ.

އޭނާ ވިދާޅުވީ އެ ގޮޅިތައް ތަޅާލާފައި އެތަނަށް އަވި ނުދޭގޮތަށް ގޮޅިތަކުގައި އެއާކޮންޑިޝަން ހަރުކޮށް ތަންކޮޅެއް ރަނގަޅަށް ހެދެންޖެހޭ ކަމަށެވެ. އަދި އިހްލާސްތެރިކަމެއް ހުރިއްޔާ މިސަރުކާރުން މިކަން ކުރާނެ ކަމަށެވެ.

ޖަލުގެ ވާހަކަ ދައްކާއިރު މާދަމާވެސް ޖަލުތަކުގެ ހާލަތު ހުރީ ހަމަ މި ގޮތަށްކަމަށްވާނަމަ މެންބަރުންނަށް މިކުރެވެނީ އިހްލާސްތެރި މަސައްކަތެއް ނޫންކަމަށާ މިއީ ރައްޔިތުންނަށް ދަޅަދައްކާލުމަށް ދެކެވޭ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top