އޭދަފުށީގައި މިހާރު ކުރިޔަށްދާ މަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލަށް އަނަންތަރާ، ސޮނެވާފުށީ އަދި އެފްސީ ސޫޕާ، ފެއިމްސް ޔުނައިޓެޑް ދަތުރުކޮށްފިއެވެ.
ސެމީއަށް ޓީމްތައް ދަތުރުކުރި ގޮތަށް ބަލާއިރު އަންނަތާރާ ކިހަވަށް ވިލާސް ޓީމް ސެމީއަށް ދަތުރުކުރީ ކުއާޓާގައި ބުރާސްފަތިދުވަހު ސަޖި އެންޑް ފްރެންޑްސް އާ ބައްދަލުކޮށް 2-1ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްގެންނެވެ. ހަމައެދުވަހު ޔުނައިޓެޑް ވީ އާ ބައްދަލުކޮށް ފެއިމްސް ޔުނައިޓެޑް ސެމީއަށް ދަތުރުކުރީ ފަސޭހަކަމާއެކު 5-1ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
ކުއާޓަރ ފައިނަލްގައި އިއްޔެ ސޮނެވާފުއްޓާ، ދަޗެލެންޖާސް ބައްދަލުކޮށް ސޮނެވާފުށި މޮޅުވީ 5-2ގެ ނަތީޖާއަކުންނެވެ. އަނެއްމެޗްގައި ހުސްސޮނގުން ޓީމާ، އެފްސީ ސޫޕް ބައްދަލުކޮށް 2-1 މެޗްކާމިޔާބުކޮށްގެން ސޫޕްޓީމް ސެމީން ޖާގަކަށަވަރުކުރީއެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗްތައް އޮންނާނީ މިއަދު ހަވީރުއެވެ. ފައިނަލް މެޗް އޮންނާނީ ހޯމަދުވަހުއެވެ.