ހަށިގަނޑުގެ ކަށިތައް ވަރުގަދަ ކުރާނީ ކިހިނެއް؟

HJL.jpg

އިންސާނުންގެ ހަށިގަނޑުގައި އެކުލެވޭ ކަށިތައް ވަރުގަދަވުމަކީ ދުޅަހެޔޮ ސިއްހަތަކަށް ވަރަށް މުހިއްމު ކަމެވެ.

އެހެންވެ ކެއުމުގެ އާދަތަކުގެ ތެރޭގައިި ކަށިތައް ވަރުގަދަ ވާނެ ކަހަލަ ބާވަތްތައް ހިމެނުން ކޮންމެހެން ވެސް މުހިއްމެވެ.
އެގޮތުން ކަށިތައް ވަރުގަދަކޮށް ދޭނެ ފަސް ބާވަތަކަށް މި އާޓިކަލްގައި ބަލައިލާނަމެވެ.

ކިރު: ކިރަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް މުހިއްމު މާއްދާއެކެވެ. އެހެންވެ ދުވަހުގެ ކެއުމުގެ ތެރޭގައި ކޮންމެހެން ވެސް ކިރާއި ކިރުގެ ބާވަތްތައް ހިމަނަން ޖެހެ އެވެ.

ކިރަކީ ގިނަ އަދަދަކަށް ކެލްސިއަމް އެކުލެވޭ މާއްދާއެކެވެ. މިއީ ކަށިތައް ވަރުގަދަކޮށްދޭން ބާރު އަޅާ މާއްދާއެކެވެ.

ތަޖުރިބާކާރުން ފާހަގަ ކުރާ ގޮތުގައި ބޮޑެތި މީހުންނަށް ދުވާލެއްގެ މައްޗަށް މަދުވެގެން 700 ގްރާމް ކެލްސިއަމް ބޭނުންވެ އެވެ.

ހަމަ މިއާ އެކު އޮސްޓޮޕޮރޯސިސް ހުންނަ މީހުންނަށް ދުވާލެއްގެ މައްޗަށް 1،200 ގްރާމް ކެލްސިއަމް ބޭނުންވެ އެވެ.

ކެލްސިއަމްގެ އިތުރުން ކިރަކީ ގިނަ އަދަދަކަށް ޕޮޓޭސިއަމާއި މެގްނޭޒިއަމް، ރިބޮފްލެވިން، ފޮސްފަރަސް އަދި ވިޓަމިން ޑީ، އޭ އަދި ބީ12 އިން މުއްސަނދިވެފައިވާ އެއްޗެކެވެ.

އެހެންވެ މި ބާވަތްތައް ކިރުގެ ޒަރީއާ އިން ހަށިގަނޑަށް އެތެރެ ނުކުރެވޭ ނަމަ ޗީޒާއި ޔޯގަޓް ފަދަ ބާވަތައް އާދަކޮށް ބޭނުން ކުރާށެވެ.

ސާޑިންސް: މިއީ މަހުގެ ބާވަތަކެވެ. ތާޒާކޮށް ލިބުމުގެ އިތުރަށް ބާޒާރުން މިފަދަ ދަޅު މަހުގެ ބާވަތްތައް މިހާރު ހޯދުމަކީ އުނދަގޫ ކަމެއް ނޫނެވެ.

ސާޑިންސްއަކީ ވެސް ހަށިގަނޑުގެ ކަށިތަކަށް ވަރު ޖައްސައިދޭ ބާވަތެކެވެ. މީގައި ވެސް ގިނަ އަދަދަކަށް ކެލްސިއަމާއި ވިޓަމިން ޑީ ހިމެނެ އެެވެ

ސަލްމޮން: މިއީ އަނެއްކާ ވެސް މަހުގެ ބާވަތެކެވެ. ނުކައި ދޫކޮށްލާ ވަރުގެ މަހެއް ނޫނެވެ. މި މަހަކީ އޮމެގާ-3 ފެޓީ އެސިޑުން މުއްސަނދިވެފައިވާ މަހުގެ ބާވަތެކެވެ.

ފެހިކަން ގަދަ ތަރުކާރީ: ފެހިކަން ގަދަ ތަރުކާރީގެ ބާވަތްތަކަކީ ވެސް ކަށިތައް ވަރުގަދަކޮށްދޭ ބާރެކެވެ. އެހެންވެ ސްޕިނެޗާއި ބްރޮކޮލީ ފަދަ ބާވަތްތައް ކެއުން އާދަ ކުރާށެވެ.

ގަދަ ފެހިކުލަ އެކުލެވޭ ތަރުކާރީގެ ބާވަތްތަކަކީ ގިނަ އަދަދަކަށް ކެލްސިއަމް އެކުލެވޭ ފައިދާ ހުރި ބާވަތްތަކެވެ.

ނަޓްސް އެންޑް ސީޑްސް: މިއީ ފޫހި ފިލުވާލުމުގެ ގޮތުން ވެސް ބައެއް މީހުން ހަފާލާ ބާވަތްތަކެވެ. ބަދަނުގެ ބާވަތްތަކެވެ.
މިފަދަ ބާވަތްތަކުގެ ތެރޭގައި ހިމެބޭ ވޮލްނަޓް، ފްލެކްސްސީޑްސް އަދި ޕިސްޓާޗިއާ ފަދަ ބާވަތްތަކަކީ ވަރަށް ގިނަ އަދަދަކަށް ކެލްސިއަމް އެކުލެވޭ ބާވަތްތަކެވެ.

ހަމަ މިއާ އެކު ޕީނަޓްސް އާއި އަލްމޮންޑްސްއަކީ ވެސް ގިނަ އަދަދަކަށް ކެލްސިއަމް އެކުލެވޭ ބާވަތްތަކެވެ.

މި ތަކެތި ކެއުމުން ކުޑަކަމުދާތަކެތީގައި ކެލްސިއަމް އެކުލެވޭ މިންވަރު އިތުރުކޮށްދީ، ކުޑަކަމުދިއުމުގައި ދިމާވާ މައްސަލަތަކަށް ވެސް ހައްލު ލިބެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top