ޕެޑަލްބޯޑުގެ ފުރަތަމަ ދަތުރު ކޮކޯޕާމުން ތުޅާދޫއަށް

big_HRbOdesH77Hgwyzm8NluXVeDE-1.jpg

ބ.އަތޮޅުގައި 100މީޓަރަށް ޕެޑަލް ކުރާ ހަތަރު އަންހެނުން -ފޮޓޯ :ފޭސްބުކް

ކަނޑުތަކާމެދު ހޭލުންތެރި ކުރުވުމުގެ ގޮތުން ދިވެހި ދެ އަންހެނަކާއި އިނގިރޭސި ވިލާތު ދެ އަންހެނަކު ވެގެން ބ. އަތޮޅުގައި ކުރަން ހަމަޖެހިފައިވާ 100 ކިލޯ މީޓަރުގެ ފުރަތަމަ ދަތުރު، ޕެޑަލް ބޯޑުގައި  ކޮކޯޕާމް ރިސޯޓުން ތުޅާދޫއަށް ދަތުރު ކޮށްފިއެވެ.

ތުޅާދޫން މި ޓީމަށް މަރުހަބާ ކިޔާފައިވަނީ ތުޅާދޫ ސްކޫލްގެ ޕްރިންސިޕަލެވެ.

ތުޅާދޫގައި ހޭދަކުރި ވަގުތުކޮޅުގެ ތެރޭގައި ޓީމްގެ ހަތަރު ބައިވެރިން ވަނީ އިއްޔެ ފާހަގަ ކުރެވުނު ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމަށް އެރަށު ސުކޫލުން އިންތިޒާމް ކުރި ހަރަކާތްތައް ބައްލަވާ ލައްވާފައެވެ.

މި ދަތުރުގައި މި ޓީމުގެ ފަރާތުން ވަނީ ތުޅާދޫ ސްކޫލުގެ ގްރީން ކްލަބުގެ 50 ކުދިންނަށް ޕްލާސްޓިކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި އަދި ކަނޑުތަކާއި ވެލާ ހިމާޔަތް ކުރުމުގެ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާފައެވެ. މީގެ އިތުރުން ރަށުގެ ހާބަރު ސަރަހައްދުން ޕްލާސްޓިކް ފުޅި ހޮވާ ސާފު ކުރުމުގައި ރަށުގެ ކުދިންނާއެކު ޓީމް ބައިވެރިވެ 15 މިނެޓް ތެރޭގައި 13 ކިލޯގެ ކުނިނަގާފައި ވެއެވެ.

މި ޕެޑަލިން ގައި ބައިވެރިވި އިނގިރޭސި ވިލާތުގެ ޑރ. ކަލް މޭޖާ އާއި ކްލެއަ ޕެޓްރޯސް އަކީ ވެޓެރިނަރީ ދެ ޑޮކްޓަރުންނެވެ. ރާއްޖެއިން ބައިވެރިވީ ސާޒިޔާ ސައީދާއި ދަފީނާ ހަސަނެވެ. ސާޒަކީ ޕްރޮފެޝަނަލް ޑައިވަރެއްގެ އިތުރުން ފަރުކޮއި ޕްރޮގްރާމްގެ ވޮލަންޓިއަރެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top