ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަސް ބ.އަތޮޅު ތައުލީމީމަރުކަޒުގައި ކުލަގަދަކޮށް މިއަދު ފާހަގަ ކޮށްފިއެވެ.
ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 21ވަނަ ދުވަހަކީ ބައިނަލް އަގްވާމީ މާދަރީ ބަހުގެ ދުވަސްކަމުގައި ޔުނެސްކޯގެ އިންސާނީ ސަގާފަތާއި ތަރިކަ ރައްކާތެރި ކުރުމުގެ ކޮންފަރެންސްއިން 1999ވަނަ އަހަރު ނިންމުމަށް ފަހު އެދުވަސް މުޅި ދުނިޔޭގައިވެސް އަންނަނީ ފާހަގަ ކުރަމުންނެވެ.
އޭދަފުށީގައި މިއަދު ފާހަގަ ކުރާ މާދަރީ ބަހުގެ ދުވަހު ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ގިނަ ދަރިވަރުން ފެންނަނީ ގައުމީ ހެދުމުގައެވެ.
މާދަރީބަހަކީ ކޮންމެ ބައެއް ވެސް އާންމު ކޮށް ވާހަކަ ދައްކާއުޅޭ ބަހެވެ. މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ އެބަޔެއްގެ އަމިއްލަ ބަސް ރައްކާތެރިކުރުމާ މާދަރީބަހަށް ލޯތްބާއި ގަދަރު ދިނުމެވެ. މިދުވަސް ފާހަގަ ކުރަނީ މީގެ ގާތްގަނޑަކަށް ފަސްދޮޅަސް ހަތް އަހަރު ކުރިން ބަންގާޅު ރައްޔިތުން އެމީހުންގެ މާދަރީބަސް ރައްކާތެރި ކުރުމަށް ވެފައިވާ ގުރުބާނީއާ ގުޅުވައިގެންނެވެ.
ބަންގްދަލޭޝް ނުވަތަ ބަންގާޅަށް ވަކި ގައުމެއްގެ ގޮތުގައި މިނިވަންކަން ލިބުނީ މި ގުރުބާނީ ނުވަތަ މިހަނގުރާމަ އަށްފަހުގައެވެ.