ރާއްޖޭގެ ހުރިހާ ސްކޫލުތަކުގެ ދަރިވަރުންގެ ރިޕޯޓުފޮތް ދިނުމާއެކު ކުރިންވެސް ހަމަޖެހިފައިވާ ގޮތުގެ މަތީން ދިރާސީ އަހަރުގެެ ކިޔެވުން މިއަދު ނިންމާލައިފިއެވެ.
ބޮޑުޗުއްޓީއަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 13 ގައި ކަމަށެވެ.
އަންނަ އަހަރު ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ 200 ދުވަހުގައެވެ. އެއީ ފުރަތަމަ ޓާމްގައި 93 ދުވަހާއި ދެވަނަ ޓާމްގައި 107 ދުވަހުގައެވެ.
މިއަހަރުގެ ދިރާސީ އަހަރުގެ ކިޔަވައިދިނުން ފަށާފައި ވަނީ 80،000 އަށްވުރެ ގިނަ ދަރިވަރުންނާ އެކުގައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެެފައިި ވަނީ މިއަހަރު ރާއްޖޭގެ ސްކޫލުތަކުގައި 6،000 އަށްވުރެ ގިނަ ޓީޗަރުން މަސައްކަތް ކުރަމުން ގެންގޮސްފައިވާ ކަމަށެވެ.