މިއަދާއި މިރޭވެސް މޫސުން ގޯސް

DSCN7568.jpg

މިއަދު މެންދުރުން ފެށިގެން މިރޭވެސް މޫސުން ގޯސްވެ ށ.އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ. އެއާއެކު ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް އެސަރަހައްދު ތަކަށް ވަނީ ވައިޓް އެލާޓްވެސް ނެރެފައެވެ.

މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު ކުރިއަށް އޮތް 24 ގަޑި އިރު ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ދެކުނު އަތޮޅުތަކުގައި ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާ މެދު ރާއްޖެތެރެއަށާ އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ކަަމަށް މެޓް އޮފީހުން ބުންޏެވެ.

ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް ގަދަވެ އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވެފަ ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން މައުލޫމަތު ދެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top