ކޮމްޕިއުޓަރ އާއި މޯބައިލް ފޯން ފަދަ އިލެކްޓްރޯނިކް ޑިވައިޒްތަކުގައި ކީރިތި ޤުރުޤާން އަޅައިގެންް ގެންގުޅުމާއި އަޑުއެހުމާއި އެފަދަ ތަަކެތިން ޤުރުޢާން ކިޔެވުމަކީ ހުއްދަ ކަމެކެވެ. އަދި އެފަދަ އެއްޗެހީގައި ބީހުމަށްޓަކައި ވުޟޫ ހުރުމަކީ ޝަރުތެއްނޫނެވެ. އަދި އެފަދަ ތަކެތި ޖީބުގައި އުފުުލުމާއި އެއާއި އެކުގައި ފާޚާނާއަށް ވަދެ ހެދުމަކީ ހުއްދަ ކަމެކެވެ. ސަބަބަކީ އެއީ މުޞްޙަފެއް ނޫނެވެެ. ޚަތިމެއްނޫނެވެ. އަދި އޭގައިވާ ލިޔުމަކީ ކަަރުދާހުގައި ވާފަދަ އެއްްޗެއްް ނޫނެވެ. އެލިޔުން އެއްްޗެއްްގެ ގޮތުގައި ފެންނަނީ އެހުޅުވައި ސްކްްރީނުގައި ޑިސްޕްލޭ ކުރުމުންނެވެ. ނިއްވައިލުމުން އޭގެ ޙަޤީޤަތް ގެއްްލިދެއެވެ.
ވީމާ ޤުރުޢާން ޖަހައިގެންް ނުވަތަ ޤުރުޢާން ޓެކްސްޓް ހުޅުވައިފައި ބާއްވައިގެން ފާޚާނާފަދަ ތަންްތަނަށްް އެއާއި އެކުގައި ވަނުމަކީ ރަނގަޅު ކަމެއްް ނޫނެވެ. އެކަމަކު ނިއްވައިލުމުން އެއީ މައްސަލަައެއްނޫނެވެ.
ހަމަ އެފަދައިން ޙައިޟުވެރިންނަށް ވެސް ޑިޖިޓަލް ޑިވައިޒްއަކުން ނުވަތަ ފޯނު ފަދަ އެއްޗެހީގައި އަތްލައިގެން އެއިން ބަލައިގެން ކިޔެވުމަކީ މައްސަލައެއް ނޫނެވެ. އެއީ ޝައްްކެއްްނެތްް ގޮތުގައި ފަހުޒަމާނުގެ މީހުނަށް ހެޔޮ އަމަލުކުރުމަށްޓަކައި މާތްﷲ ދެއްވާފައިވާ ލުއިފަސޭހައެކެވެ.
ޖަވާބުދެއްވީ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް
މަސްދަރު: އާދަމްޝަމީމް.ކޮމް