ބ.އަތޮޅުގެ އަގުހުރި ދަރިއެއް އަވަހާރަވެއްޖެ

208897_3_cf1de7a37e06bf138a372429604e0015c6707eb0_medium.jpeg

ހުސެން އަބްދުﷲ

ބ.އަތޮޅުގެ އަގުހުރި ދަރިއެއްކަމުގައިވާ ބ.ކެންދޫ ގަދަގޭ ހުސައިން އަބްދުﷲ 45 އ. އަވަހާރަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ އިންޓާނަލް އޮޑިޓަރ ގެ މަގާމުގައި ހުންނެވި ހުސައިން އަބްދުﷲ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް ރޭ ފަތިހުގެ ވަގުތެއްގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހުސެން، ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ތިން އަހަރެއްހާ ދުވަސް ވަނީ ވެފަ އެވެ.

ހުސެން ވަނީ ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރު މަގާމު ވެސް ފުރުއްވާފައެވެ. އަވަހާރަވީއިރު އަރަބިއްޔާ ސްކޫލްގެ ގުރޫޕް ލީޑަރެއްގެ މަގާމުވެސް އައީ ފުރުއްވަމުންނެވެ.

މަރުހޫމުގެ ކަށުނަމާދު ކުރުން އޮތީ މިއަދުގެ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top