މުޅި ރާއްޖޭގައި ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު 8:00 އިން ފެށިގެން ކުރިއަށް ދާއިރު ބ.އަތޮޅު ގައިވެސް އޮމާން ކަމާއެކު ވޯޓުލުން ކުރިއަށް އެބަދެއެވެ.
ވޯޓުލުމަށް ހިތާދޫގައި ރޭ ދަންވަރު ވޯޓުލުމަށް ކިއު ހަދާފައިވީ ނަމަވެސް އެހެން ރަށްރަށުގައި ކިއުހަދަން ފަށާފައިވަނީ މިއަދު ހެނދުނުން ފެށިގެންނެވެ. އެގޮތުން އެދަފުށީގައި ކިއު ހަދަންފަށާފައިވަނީ ހެނދުނު 7 ގެ ފަހުންނެވެ.
ހިތާދޫގައި ރޭ ކިއުގައި ޖެހިފައިވަނީ އެމްޑީޕީ މެންބަރުންކަމަށް ހިތާދޫ އޮންލައިން އިން ބުނެއެވެ.

ބ.އަތޮޅު ހޮސްޕިޓަލުގައި ބަހައްޓާފައި
ހުރި ވޯޓު ފޮއްޓަށް ވޯޓުލާން ގޮސް ކިއޫގައި މަޑުކޮށްލައިގެން -އީވީ ފޮޓޯ
މި އިންތިހާބުގައިވެސް ވޯޓްލުމަށް އޭދަފުށީގައި ތިން ވޯޓްފޮށި ބަހައްޓާފައިވެ އެވެ. އެއީ މަލްޓި ޕާޕޯސް ހޯލު ގައާއި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ބ. އަތޮޅު ހޮސްޕިޓަލުގަ އެވެ.