އިންޑިއާއަށް ދާ މީހުން ކަރަންޓީނުވާން ނުޖެހޭގޮތް ހަދައިފި

Chalai_market_kerala_120002162021.jpg

އިންޑިއާ، ޓްރިވެންޑްރަމްގެ ޗާލައި ބާޒާރު

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާއަށް ދާ މީހުން އަންނަ ހޯމަ ދުވަހުން ފެށިގެން ކަރަންޓީނު ވާން ނުޖެހޭ ގޮތް ހަދައިފި އެވެ.

ކުރީގެ އުސޫލުގައި ވާގޮތުން ކޮވިޑްގެ އަލާމާތްތައް ހުރި ކަމުގައި ވިޔަސް، ބައިނަލްއަގުވާމީ ހުރިހާ ދަތުރުވެރިން ވެސް ހަތް ދުވަސް ވަންދެން ކަރަންޓީނު ވާން ޖެހެ އެވެ. އަދި އަށްވަނަ ދުވަހު ޓެސްޓު ކުރުމަށާއި، ސަރުކާރުގެ އެއާ ސުވައިދާ ޕޯޓަލްއަށް ރިޕޯޓް އަޕްލޯޑް ކުރަންޖެހެއެވެ.

އިއްޔެ އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނުގައިވާ ގޮތުން ހިރާސް ބޮޑު ގައުމަކުން އެ ގައުމަށް އެތެރެވާ ދަތުރުވެރިން ދެން ހަތް ދުވަސް ވަންދެން ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ. އަދި އެއާޕޯޓުން ޓެސްޓު ކުރާކަށް ވެސް ނުޖެހޭނެ ކަމަށް ބުނެފައި ވެއެެވެ.

އެ ގައުމުގައި މިހާރު ކޮވިޑަށް ފައްސިވާ އަދަދުތައްވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެހެން ނަމަވެސް އެ ގައުމަށް އެތެރެވާތާ އަށް ވަނަ ދުވަހު ކޮވިޑަށް ޓެސްޓު ކުރަން ޖެހޭނެ އެވެ.

މިވަގުތު އިންޑިއާގައި 141 ޑިސްޓްރިކްޓްގައި ފަައްސިވާ ރޭޓް އުޅެނީ 10 އިންސައްތައިގަ އެވެ. އަދި 160 ޑިސްޓްރިކްޓްގައި ޕޮޒިޓިވް ވާ ރޭޓް އުޅެނީ ފަސް އިންސައްތައި ގައެވެ.

މިހާރުގެ އުސޫލުގައި ވަނީ 14 ދުވަހުގެ މުއްދަތަށް އެމީހުންގެ ސިއްހަތު މޮނިޓާކޮށް، އެންމެ ކައިރީގައި ހުންނަ ސިއްހީ މަރުކަޒަކަށް ނުވަތަ ސަރުކާރުގެ ހެލްޕްލައިން 1075 އަށް ކޮވިޑްގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ރިޕޯޓް ކުރާ ގޮތަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top