ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބާއެކު އޭދަފުށީގައި އުފާ ފާޅުކުރަމުުން ދަނީ

saff-suzuki-cup-final-maldives-vs-insia-31-1024x683.jpg

މިރޭގެ މަޗުގައި ޖެހި ދެވަނަ ގޯލަށް އޭދަފުއްޓަށް އުފަން ސެންޓޭ ބޯޅަ ފޮނުވާލަނީ- ފޮޓޯ/ވަގުތު އިމޭޖްސް

ނުވަ އަހަރަށް ފަހު ސާފް ޗެމްޕިއަންޝިޕް ރާއްޖެ ކާމިޔާބު ކުރުމާއި ގުޅިގެން މުޅި ރާއްޖެ އުފާ ފާޅު ކުރަމުން ދާއިރު އޭދަފުށިވެސް ދަނީ މި އުފަލުގައި ބައިވެރިވަމުންނެވެ.

އެ ގޮތުން ޕިކަޕްތަކުގައި ޒުވާނުން ނުކުމެ ރަށުގެ މަގު ތަކުގައި ދަނީ ބެރާއި މިއުޒިކާއެކު ގައުމީ ޓީމަށް މަރުަހަބާގެ ޝުއޫރު ތައް ފާޅު ކުރަމުންނެވެ. ހަމައެއާއެކު ރަށުތެރޭގައިވެސް އުފެދިފައިވަނީ އާދަޔާ ޚިލާފު އުފާވެރި ރޫހެކެވެ.

ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބާ ގުޅިގެން އޭދަފުށީގައި އުފާ ފާޅު ކުރަނީ – ފޮޓޯ /ޝާހިރު

މި އުފާވެރި މުނާސަބާ ފާހަގަ ކުރަމުން ދާއިރު މިރޭ ދިވެހި ރާއްޖެ ތަމްސީލު ކުރި ގައުމީ ޓީމްގައި އޭދަފުށީގެ ދެ ކުޅުން ތެރިން ކަމަށްވާ ހަމްޒާ (ހަމްޕު) އާއި އަލީ ފާސިރު (ސެންޓޭ ) ހިމެނޭ ކަމީ ފުޓްބޯޅަ އަށް ލޯބި ކުރާ އޭދަފުށީ ރައްޔިތުންނަށް ލިބުނު ވަރަށް ޚާއްސަ އުފަލެކެވެ.

ސިޔާސީ ގޮތުން ގައުމު ބައިބައިވެފައިވާ މިފަދަ ދުވަސް ވަރެއްގައި ރާއްޖޭގެ ގައުމީ ޓީމް މޮޅުވުމުގެ ފަހަތުގައިވަނީ ޝައްކެއްވެސް ނެތް ގޮތުގައި އެކުޅުންތެރިންގެ ހިތުގައި ގައުމީ ރޫހާއި ގައުމީ ލޯތްބެވެ. .  ފެއްސާ ރަތާ ހުދަށްވުރެ އިސްކުރަންޖެހޭ އެހެން ކުލަ އެއް ނޯންނާނެ ކަން އެކުޅުން ތެރިން އެ ސާބިތު ކޮށްދިނީއެވެ. ގައުމީ ޓީމަށް މަރުހަބާ އެވެ. ގައުމީ ޓީމަށް ޝުކުރިއްޔާ އެވެ.

ސާފް ޗެމްޕިއަންޝިޕް މުބާރާތް ރާއްޖެ ކާމިޔާބު ކުރި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން މި މުބާރާތް ރާއްޖެ ކާމިޔާބު ކޮށްފައިވަނީ 2008 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top