ބ.އަތޮޅު ތައުލީމީ މަރުކަޒުގެ އިނާމު ދިނުމުގެ ޖަލްސާ މިރޭ

DSCN8936.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން -އިވީ ފައިލް ފޮޓޯ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ މިރޭ އޮންނާނެ ކަމަށް އެ ސްކޫލުން ބުނެފިއެވެ.

އެސްކޫލުން ބުނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން އެންމެ މޮޅު ދަރިވަރުންނަށާ މިއަހަރުގެ އެންމެ މޮޅު އޭލެވެލް ދަރިވަރުގެ އިތުރުން އޯލެވެލް އާއި އޭ ލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާއި ގްރޭޑް 8 ން މަތީގެ ކްލާސްތަކުން ވަނަތަކަށް ހޮވުނު ކުދިން ނަށް މި ރަސްމިއޔާތުގައި އިނާމު ދިނުމަށް ހަމަޖެހިފައި ވާ ކަމުގަ އެވެ.

މި ޖަލްސާ ޝަރަފުވެރިކޮށް ދެއްވުމަށް ހަމަޖެހިފައި ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ.އަލީ ޝަމީމް އެވެ.

ސްކޫލުން އާއްމު ކޮށްފައިވާ އިނާމުލިބޭ ދަރިވަރުންގެ ލިސްޓްގައިވާ ގޮތުން ޖަލްސާގައި ޖުމްލަ 73 ދަރިވަރުންނަށް އިނާމު ލިބެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top