ހޮސްޕިޓަލް މެނޭޖަރ ފާތިހުގެ އަމާޒު ޕްރައިވެޓް ރޫމްތަކަކަށް

DSCN4558.jpg

މުހައްމަދު ފާތިހު -އަމާޒަކީ ބ.އަތޮޅު ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް ތަކެއެ އެޅުން ކަމަށް ވިދާޅުވި -އީވީ ފޮޓޯ

ހޮސްޕިޓަލްގެ ތަރައްޤީއަށް ކުރިޔަށް ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރައްވާނީ އެތަނުގައި ޕްރައިވެޓް ރޫމްތަކެއް އެޅޭނޭގޮތް ހަމަޖެއްސުންކަމަށް މިދިޔަމަހު ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރގެ މަގާމާ އަލަށް ހަވާލުވި މުހައްމަދު ފާތިހު ވިދާޅުވެއްޖެއެވެ.

މަގާމާ ހަވާލުވުމަށްފަހު އީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ބ. އަތޮޅުގެ ސިއްހީ ދާއިރާ މިހާރު އޮތް ފެންވަރަށްވުރެ މަތީ ހަރުފަތަކަށް ގެންދަންޖެހޭ ކަމަށާ، އެކަން މިސަރުކާރުން ކޮށްދެއްވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ބ. އަތޮޅު ހޮސްޕިޓަލުގ ޚިދުމަތްތަކާމެދު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ޕްރައިވެޓް ރޫމް ނެތުމާއި، އެކަށީގެންވާ ހާއްސަ ބައެއް ޚިދުމަތްތައް ނުފެށިހުރުން ކަމަށެވެ.

“ވަރަށް ބޮޑު ޓާގެޓެއް އެއީ ޕްރައިވެޓް ރޫމްތަކެއް ވީހާވެސް އަވަހަކަށް ފެށޭތޯ ބެލުން. ސަރުކާރުން އަޅުގަނޑަށް މިއަދުވެސް ފެހި ސިގްނަލް ލިބިފައި އޮތީ މިކަމަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމުގައި. އެހެންވީމާ އެންމެ އިސްކަމެއް ދޭނީ ޕްރައިވެޓް ރޫމްތަކަކަށް. އޭގެ އިތުރުން ސްޕެޝަލިސްޓުން އިތުރު ކުރުމަށްވެސް ވިސްނުން އެބަހުރި.” ފާތިހު ވިދާޅުވިއެވެ.

ފާތިހު ވިދާޅުވީ ބ. އަތޮޅަކީ ގިނަ ރިސޯޓް ތަކެއް ހިންގަމުން އަންނަ މިހާރުވެސް އާ ރިސޯޓްތަކެއް ހުޅުވަން ތައްޔާރު ވެފައިވާ އަތޮޅަކަށްވާތީ، އަތޮޅު ހޮސްޕިޓަލް ތަރައްޤީކުރުމަކީ މިހާރުން މިހާރަށް ވަރަށް މުހިއްމު ކަމެއްކަމަށެވެ. އަދި އަތޮޅު ތެރޭގެ ސިއްހީ ހިދުމަތުގެ ފެންވަރުވެސް ތަރައްޤީކުރުމަށް ބާރު އަޅާނެކަމަށް އޭނާ ވިދާޅުވިއެވެ.

“ރިސޯޓްތަކަށް ބެލިޔަސް މިތަނުގައި ގިނައީ އިންޓަނޭޝަނަލް ބްރޭންޑްތައް. ރިސޯޓްތަކުގެ ކޮންޕްލެއިންތައް އަޅުގަނޑު ދިރާސާކޮށް ފިޔަވަޅުއަޅަމުން ގެންދާނަން. ހަމައެކަނި އަތޮޅު ހޮސްޕިޓަލެއްވެސް ނޫން އަތޮޅު ތެރޭގެ ސިއްހީ މަރުކަޒުތަކާ، ހެލްތް ދާއިރާއަށްވެސް އެދެވޭ ބަދަތުތަކެއް އަންނަންޖެހޭ”

ފާތިހު ވިދާޅުވީ މިވަގުތު ބ. އަތޮޅު ހޮސްޕިޓަލުން ދެވޭ ހިދުމަތުގެ ދާއިރާތައްވެސް މަދުކަމަށާ، އިތުރު ސްޕެޝަލިސްޓުންނާ، މެޝިނަރީޒް ހޯދުމަކީވެސް އޭނާ ޓާގެޓެއް ކަމަށެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު