ގްރާސްރޫޓް ކޯޗިންގ ކޯހެއް އޭދަފުށީގައި ފަށައިފި

38763056_503715620074463_7282696587485118464_n.jpg

އޭދަފުށީގައި ކުރިއަށްދާ ގްރާސްރޫޓް ކޯޗިން ކޯހުގެ ތެރެއިން

ފީފާގެ އެހީތެރިކަމާއެކު، ކްލަބް އޭދަފުއްޓާއި ބ.އަތޮޅު ތައުލީމީ މަރުކަޒު ގުޅިގެން 12 އަހަރުން ދަށުގެ ކުދިންނަށް ފުޓްބޯޅަ ކުޅެން ދަސްކޮށްދީ އެކުދިން ޑިސިޕްލިން ކުރުމަށް ހިންގާ ގްރާސް ރޫޓް ކޯޗިން ކޯހެއް އޭދަފުށީގައި ފަށައިފިއެވެ.

ގްރާސް ރޫޓް ކޯޗިން ކޯހުގައި ދެ ޖިންސުގެ މީހުންނަށްވެސް ބައިވެރި ވެވެއެވެ. އަދި ކޯހުގައި ބައިވެރިވާން ބޭނުން މީހުންނަކީ ފުޓްބޯޅައިގެ ހުނަރު ހުރި މީހުންނަށް ވުމަކީ ކޮންމެހެން ލާޒިމް ކަމެއްވެސް ނޫނެވެ.

މި ކޯހުގެ ތެރެއިން ކުޑަކުދިންގެ ފުޓްބޯޅަ ފެސްޓިވަލެއް އަންނަ ބުރާސްފަތިދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

ފީފާގެ އެހީތެރިކަމާ އެކު ދުނިޔޭގެ އެކި ގައުމުތަކުގައި ދަނީ މިފަދަ ގްރާސްރޫޓް ޕްރޮގްރާމްތައް ހިންގަމުންނެވެ. މިކަމުގެ ސަބަބުން ވޭތުވި 10 ވަރަކަށް އަހަރުތގެ ތެރޭގައި ބައިލައްކަ އަށްވުރެ ގިނަ ކުޅުންތެރިން ފުޓްބޯޅަ ކުޅުންތެރިންނަށް ހަދާދިފައި ވެއެވެ.

އެފްއޭއެމް އިން ވަނީ އައްޑޫސިޓީގައި ވެސް ގްރާސްރޫޓް ލެވެލް ކޯޗިން ކޯހެއް ހިންގާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top