ފިނޮޅު ރިސޯޓާއި އަނަންތަރާ ކިހަވައް ވިލާސް އެއްވަރު.

DSCN3405.jpg

މިއަދު ބައްދަލުކުރި، ފިނޮޅު ރިސޯޓާއި އަނަންތަރާ ކިހަވައް ވިލާސްގެ މެޗްގެ ތެރެއިން

އޭދަފުށީގައި މިހާރު ކުޅެވެމުންދާ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ފިނޮޅު ރިސޯޓާއި އަންނަތަރާ ކިހަވައް ވިލާސް ބައްދަލު ކުރި މެޗް ނިމުނީ އެއްވެސް ބަޔަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

މެޗްގެ ދެ ހާފުގައިވެސް ދެޓީމުން ފެނިގެން ދިޔައި ފޯރިއެއް ނެތް ހަމަހަމަ ކުޅުމެކެވެ. އެއާއެކު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ވަރަށް ގޯލަށް ހަމަލާތައް އަމާޒު ކުރެވިފައި ނުވާ ކަން ފާހަގަ ކުރެވިގެން ދިޔައެވެ.

މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވާފައިވަނީ ފިނޮޅު ރިސޯޓުގެ ސާމީ އިބްރާހީމް އެވެ.

މުބާރާތުގައި މާދަމާ ބައްދަލުކުރާނީ އަމިއްލަފުށި ރިސޯޓާއި ވައްކަރު ރިސޯޓެވެ. ގްރޫޕް ސްޓޭޖްގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެ، މި ދެ ޓީމަށް އަދި ވަނީ ޕޮއިންޓެއް ނުލިބި އެވެ. މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:15 ގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top