ތަރާވީހާ، ދަމުނަމާދުކުރުމަށް އޭދަފުއްޓަށް 3 ހާފިޒުން ގެންނަނީ

އޭދަފުށީ ހުކުރު މިސްކިތުގައި މިދިޔަ އަހަރު ރޯދަމަހު ތަރާވީހް ނަމާދު ކުރަނީ. މިއަހަރުވެސް ތަރާވީހް ނަމާދުކުރުމަށް ހާފިޒުން ގެނައުމަށް ވަނީ ހަމަޖެހިފައި / ފޮޓޯ: އާޒިމް

އޭދަފުށީ ހުކުރު މިސްކިތުގައި މިދިޔަ އަހަރު ރޯދަމަހު ތަރާވީހް ނަމާދު ކުރަނީ. މިއަހަރުވެސް ތަރާވީހް ނަމާދުކުރުމަށް ހާފިޒުން ގެނައުމަށް ވަނީ ހަމަޖެހިފައި / ފޮޓޯ: އާޒިމް

މިއަހަރުގެ ރަމަޟާންމަހު އޭދަފުށީގައި ތަރާވީހް ނަމާދާ، ދަމުނަމާދު ކުރުމަށް ރާއްޖެއިން ބޭރުން 3 ހާފިޒުން ގެންނަން އަމިއްލަ ފަރާތަކުން ނިންމާފައިވާކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

އޭދަފުށީ ކައުންސިލުން ބުނީ ކޮންމެ އަހަރަކުވެސް ކުރިޔަށްދާ މިޕްރޮޤްރާމް މިފަހަރުވެސް ކުރިޔަށްގެންދަނީ ކުރީއަހަރުތަކުގައިވެސް މިކަމުގައި ހަރަކާތްތެރިވި އޭދަފުށީ ކާށިދޫގޭ މޫސާ މުހައްމަދު ކަމަށެވެ. އޭދަފުށީ ކައުންސިލްގެ މެމްބަރ ނައުޝާދު އަހްމަދު ވިދާޅުވީ 3 ހާފިޒުންގެ ތެރެއިން 2 ހާފިޒުންނަކީ ހުކުރު މިސްކިތަށް ހާއްސަކޮށް ގެނެވޭ ދެހާފިޒުންކަމަށާ، އަނެއްހާފިޒު ތަރާވީހް ނަމާދުކުރާނީ މަސްޖިދު ޔުސުފްގައިކަމަށެވެ. އޭނާ ވިދާޅުވީ ހާފިޒުން ގެނައުމުގެ ކަންކަމުގައި ކައުންސިލުންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ

ނައުޝާދު ވިދާޅުވީ ކުރީއަހަރުތަކެކޭވެސް އެއްގޮތަށް އަންހެނުންނަށް ނަމާދުކުރެވޭގޮތަށް ހުކުރު މިސްކިތުގައި ޕާޓިޝަން ބަހައްޓާނެކަމަށާ، މިސްކިތް އާބާތުރަ ފިލުވުމުގެ މަސައްކަތްވެސް ކުރެވެމުން ދާކަމަށެވެ.

“މިހާރު ކާޕެޓްވެސް އޮންނާނީ ދޮވެފައި. ދެން އަންހެނުންނަށް ހާއްސަކޮށްގެން ޕާޓިޝަން މިއަހަރުވެސް ޖަހާނެ. އިތުރު ބައެއް ކުދިމަރާމާތުތައް މިހާރުވެސް އެބަކުރެވޭ”

މޫސާ މުހައްމަދުގެ ފަރާތުން އީވީއާ ވާހަކަދެއްކި އަހްމަދު އާޒިމް ބުނީ ބުރާސްފަތިދުވަހު 2 ހާފިޒުން އޭދަފުއްޓަށް އަންނާނެކަމަށާ، އަނެއް ހާފިޒް އަންނާނީ ހޮނިހިރުދުވަހުކަމަށެވެ.

ތަރާވީހް ނަމާދާ، ދަމުނަމާދުކުރުމަށް ފާއިތުވި ހައަހަރުވެސް ރަމަޟާންމަހު ކާށިދޫގޭ މޫސާ މުހައްމަދުގެ އަމިއްލަ ހަރަދުގައި އޭދަފުއްޓަށް ހާފިޒުން ގެންނަމުންދެއެވެ. ކުރިން 1 ހާފިޒު ގެނައި ނަމަވެސް މިދިޔަ ދެއަހަރު 2 ހާފިޒުން ގެނެސްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top