ކަދުރު – ލިބޭ ފައިދާތައް އެނގޭތަ؟

dates-.jpg

ކަދުރަކީ ފޮނި އަނގަޔަށް މީރު މޭވާ އެކެވެ. ކަދުރަކީ ހަށިގަނޑަށް ހަކަތާއި ބާރު ގެނެސްދޭއެއްޗެކެވެ. ބޭނުންކުރާތާ ½ ގަޑިއެއް ހާއިރުގެ ތެރޭގައި ހަށިގަނޑަށް އޭގެ ސަބަބުން ހަކަތަ ލިއްބައިދެއެވެ. މިއީ އާންމުކޮށް ހުހަށް ކެއުމަށާއި، ތަފާތު ކާތަކެތީގެ ތެރޭގައި ހިމަނައިގެން ވެސްބޭނުންކުރެވިދާނެ އެއްޗެކެވެ. ޚާއްޞަކޮށް ކަދުރަކީ މާތްވެގެންވާ ރަމަޟާންމަހުގެ ތެރޭގައި މުސްލިމުންއާންމުކޮށް ރޯދަ ވީއްލާގަޑީގައި ކައިއުޅޭ ވަރަށް އާންމު އެއްޗެކެވެ.

ކަދުރުން ލިބޭ ޞިއްޙީ ފައިދާތައް
• ބަނޑުހިކުން : ކަދުރަކީ އޭގައި ގިނަ އަދަދަކަށް ފައިބަރު ހުރުމުގެ ސަބަބުން “ބަނޑުސާފުކޮށްދޭ”(Laxative) ކަމަށް ބުނާ މޭވާއެކެވެ. ކަދުރުގައި ފެނަށްގިރޭ ވައްތަރުގެފައިބަރާއި، ފެނަށް ނުގިރޭ ވައްތަރުގެ ފައިބަރު ވެސް ހިމެނެއެވެ. މިސަބަބާހުރެ ކަދުރަކީބަނޑުހިކުން ކުރިމަތިވެފައިވާ މީހުން ބޭނުންކުރަން ރަގަޅު އެއްޗެކެވެ. ކަދުރުގައި ހިމެނޭ”ބަނޑު ސާފުކުރުމުގެ” ފައިދާ ލިބިގަތުމަށް ފުރިހަމަ އެއްރޭ ވަންދެން ކަދުރު ފޯކުރަންފެނަށް އަޅާފައި ބަހައްޓަން ޖެހެއެވެ. ޖެހިގެން އަންނަ ދުވަހު ހެދުނު ފޯވެފައި ހުރިކަދުރުތައް ގިރާލައިގެން ސަރުބަތުގެ ގޮތުގައި ބޭނުންކުރެވިދާނެ އެވެ. މިކަމުގެ ސަބަބުންބަނޑު ފަސޭހަ ކޮށްދޭނެ އެވެ.

o ޑައެޓްރީ ފައިބަރުގެ ދެވައްތަރެއް ހުރެއެވެ. އެއީ ފެނަން ގިރޭ ވައްތަރާއި، ފެނަންނުގިރޭ ވައްތަރެވެ. ފެނަށް ނުގިރޭ ވައްތަރުގެ ފައިބަރަކީ ކާތަކެތި ގޮހޮރުގެ ތެރޭގައިފަސޭހައިން ދައުރުވުމަށް އެހީތެރިވެދޭ އެއްޗެކެވެ. ފެންނަގިރޭ ވައްތަރަކީ، ލޭގެހަކުރުގެ މިންވަރު މަތިވުން ދަށްކޮށްގެން، ހަކުރު ބަލި ކޮންޓްރޯލް ކުރުމުގައިއެހީތެރިވެދީފާނެ މާއްދާއެއް ކަމަށްވަނީ ބެލެވިފައެވެ. އަދި ފެނަށްގިރޭ ވައްތަރުގެފައިބަރަކީ ލޭގައި ހިމެނޭ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ވެސް ދަށްކޮށްދޭއެއްޗެކެވެ.

• ގޮހޮރުގެ މައްސަލަތައް : ކަދުރުގައި ހިމެނޭ ނިކޮޓިނިކް ޕްރޮޕަޓީސް ސަބަބުން ގޮހޮރުގެއެކިއެކި މައްސަލަތަކަށް ލުިއކަން ގެނެސް ދެއެވެ. ގަވާޢިދުން ކަދުރު ބޭނުންކުރާނަމަ،ގޮހޮރުގެ މައްސަލަތައް މެދުވެރިން ކުޑަކޮށް ދެއެވެ. އެއީ ހަށިގަނޑަށް ގެއްލުންދެނިވިޖަރާސީމް ގޮހޮރުގައި އަށަގަތުން ހުއްޓުވައިދީގެންނާއި، ގޮހޮރުގައި އެކުލެވޭ ހަށިގަނޑަށްފައިދާހުރި ބެކްޓީރިޔާގެ ނިސްބަތް ގޮހޮރުގެ ތެރޭގައި ގިނަކޮށްގެންނެވެ.

• ބަރުދަން އިތުރުކުރުން : ބުނެވޭގޮތުގައި ހަށިގަނޑަށް ފައިދާހުރި ޞިއްޙީ ކެއުމެއްގައިނަމަ، ކަދުރު ހިމަނަންވާނެ އެވެ. ކަދުރުގައި ކާބޯހައިޑްރޭޓް، ފެޓް، ޕްރޮޓީން އަދިވެސްހަށިގަނޑަށް ބޭނުންތެރި ވިޓަމިންތައް ހުރެއެވެ. މާބޮޑަށް ހަށިގަނޑުގެ ބަރުދަން ލުއިވެ،ހިކެމުންދާނަމަ، އެކަމުގެ ފަރުވާއެއްގެ ގޮތުން ކަދުރާއި، ކިއުކަމްބާ ޗިސްކޮށްގެން ހަދާފައިހުންނަ ޕޭސްޓާއި އެއްކޮށް ބޭނުންކުރުމުން، ހަށިގަނޑުގެ ބަރުދަން އިތުރުވާކަމަށްބުނެއެވެ. އެއް ކިލޯގެ ކަދުރުގައި 3000 ކެލޮރީ ހުރެއެވެ.

• ޖިންސީ ވަޅޯކަން : ކަދުރަކީ އިންސާނާގެ ޖިންސީ އެދުންވެރިކަން ރަގަޅުކޮށްދޭއެއްޗެކެވެ. ބަކަރީގެ ކިރުގެ ތެރެއަށް ކަދުރުމުށެއް އަޅައި، ފޯވަންދެން ބެހެއްޓުމަށްފަހު،އެކިރާއި، މާމުއި، އަދި ހިމުންކޮށް މުގުރާފައި ހުރި ކާފޫރުތޮޅި އާއި އެއްކޮށްގެން،މިކްސްޗަރުން ގިރާލުމަށްފަހު، ބޭނުންކުރުމަކީ ޖިންސީ އެދުންވެރިކަން އިތުރުކޮށްދޭކަމެއްކަމަށް ބުނެއެވެ.

• ބޭރަށްހިންގުން : ދޮންވެފައި ހުންނަ ރޯކަދުރުގައި ޕޮޓޭސިއަމް ހުރެއެވެ. މިއީބޭރަށްހިންގުން ކޮންޓްރޯލް ކުރުމުގައިއެހީތެރިވެދޭ މާއްދާ އެކެވެ. ކަދުރަކީ ފަސޭހައިންހަޖަމުވާ އެއްޗަކަށް ވުމުން ބޭރަށްހިންގުން ފަދަކަންތައްތައް ވަރަށް އަވަހަށް ކަދުރުބޭނުންކުރާނަމަ ރަގަޅު ވެއެވެ.

• ވިހަވުން : ބަނގުއާވި މާގިނައިންބޭނުންކުރުމުން ވިހަވެއްޖެނަމަ، އެކަންފިލުވާލުމަށް ކަދުރަކީ އެންމެ ރަގަޅު އެއް މަޞްދަރެވެ. މިގޮތަށް ބަނގުއާވިން ވިހަވުމުން،ކަދުރު ބޭނުންކުރުމުން ވަރަށް ފަސޭހައިން ރަގަޅު ވެއެވެ. ރޭގަނޑު އެއްކޮށް ފެނުގައިބަހައްޓައި، ފޯވުމުން ހެދުނުގައި ކަދުރު ބޭނުންކުރުމުން އެއިން ލިބޭ މަންފާއާއި ފައިދާ،އިތުރުކަމަށް ވެއެވެ.

• ކެންސަރުން ރައްކާތެރިވުން: ކަދުރު ބޭނުންކުރުމަކީ އޭގައި ހިމެނޭ ތަފާތު މާއްދާތަކުގެސަބަބުން އެތަކެއް ކެންސަރުން ދުރުކޮށް ރައްކާތެރިވުމުގައި އެހީތެރިވެދޭ ކަމެކެވެ.

o މައިދާގެ ކެންސަރު : މައިދާ ނުވަތަ ބަނޑުގެ ކެންސަރުތަކުން ރައްކާތެރިވުމަށްކަދުރަކީ ބޭނުންތެރި އެއްޗެކެވެ. މިއީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ކަމުދާ”ޓޮނިކް”(Tonic) އެކެވެ. މިއީ ފަސޭހައިން ހަޖަމުވާ، އަދި ހަށިގަނޑަށް ބޭނުންވާހަކަތަ ވެސް ފޯރުކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން ކަދުރުގައި އެންޓި އޮކްސިޑެންޓްއެކުލެވިގެން ވުމަކީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް މިންޖުކޮށްދީ،ކެންސަރުފަދަ ބަލިތައް އުފަންވެގެން އައުން ކުޑަކޮށްދޭނެ ކަމެކެވެ.

o އަނގަ އަދި ފުއްޕާމޭގެ ކެންސަރު : ކަދުުރުގައި ވިޓަމިން އޭ ގިނަ މިންވަރަކަށްހުރެއެވެ. ހޯދިފައިވާ ގޮތުގައި ވިޓަމިން އޭ ގިނައިން ހުންނަ ކާނާ ބޭނުންކުރުމަކީއަނގަޔާއި، ފުއްޕާމޭގެ ކެންސަރުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.

o ބައެއް އެހެން ކެންސަރުތައް : ކަދުރަކީ އެންޓި އޮކްސިޑެންޓްގެ ފްލޭވޮނޮއިޑްގެތެރޭގައި ހިމެނޭ، ބީޓާ ކެރޮޓީން، ލޫޓީން، އަދި ޒިއެޒެންތިން ހިމެނޭ މޭވާ އެކެވެ.މިއެންޓި އޮކްސިޑެންޓްތަކަށް ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެސެލްތަކާއި، އެހެނިހެން ޓިޝޫތަކަށް ލިބޭ ގެއްލުމުން ރައްކާތެރިކުރުމުގެކުޅަދާނަކަން ލިބިފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން ގޮހޮރު، އުރަމަތި، ޕްރޮސްޓޭޓްގްލޭންޑް، ފުއްޕާމޭ، ޗިސްމޭ، އަދި ރަހިމުގެ މަސްގަނޑު ފަދަ ބައިތަކަށް ކެންސަރުޖެހުމުން ދުރުކޮށް ދެއެވެ.

• ހަށިގަނޑަށް ހަކަތައާއި ބާރު ގެނެސްދިނުން : ކަދުރުގައި ހަކުރުގެ އެންމެ ތަބީޢީބައިތައް ކަމުގައިވާ، ގުލްކޯޒު، ފްރަކްޓޯޒް، ލެކްޓޯޒް، އަދި ސުކްރޯޒް ހިމެނެއެވެ. ކިރުގެތެރެއަށް އަޅައިގެން ފޯކޮށްގެން ކަދުރު ބޭނުންކުރުމުން އެއިން ލިބިދޭ ފައިދާ ،އިތުރުކަމަށް ބުނެވެއެވެ.

• ހިތުގެ ދުޅަހެޔޮކަން : ކަދުރަކީ ސޯޑިއަމް މަދު، ޕޮޓޭސިއަމް ގިނަ މޭވާ އެކެވެ. ޕޮޓޭސިއަމްއަކީ ހިތުގެ ވިންދުޖެހުން ކޮންޓްރޯލްކޮށްދީ، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމުގައި ވެސްއެހީތެރިވެދޭ މާއްދާ އެކެވެ. އެހެންކަމުން، މިއީ ހިތާއި ލޭހޮޅިތަކުގެ ނިޒާމްގެ މަސައްކަތްރަގަޅުކޮށްދީ، އަދި ނާރުތަކުގެ ނިޒާމްގެ މަސައްކަތް ރަގަޅުކޮށްދޭނެ ކަމެކެވެ. ސަބަބަކީޕޮޓޭސިއަމް ގިނައިން ހަށިގަނޑަށް އެތެރެވާ ވަރަކަށް، ސޯޑިއަމް ހަށިގަނޑުން ބޭރުވާމިންވަރު މަތިވާތީ އެވެ. މިހެންވުމުން ލޭގެ ޕްރެޝަރު ދަށްވެ، ކޮންޓްރޯލް ވާގޮތް ދިމާވެއެވެ.ދިރާސާތަކުން ދައްކާގޮތުގައި ޕޮޓޭސިއަމް ގިނައިން ބޭނުންކުރުމަކީ ސްޓްރޯކް ޖެހުމުގެފުރުޞަތު ވެސް ކުޑަކޮށްދޭނެ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ދުވާލަކު 400މިލިގްރާމްގެ ޕޮޓޭސިއަމް ކާނާ އިން ހަށިގަނޑަށް ފޯރުކޮށްދެވޭނަމަ، އެމީހަކަށް ސްޓްރޯކްޖެހުމުގެ ފުރުޞަތު 40 އިންސައްތަ ދަށްވެގެން ދެއެވެ. މީގެ އިތުރުން ކަދުރަކީހަށިގަނޑުގައި ހިމެނޭ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ވެސް ދަށްކޮށްދޭ އެއްޗެކެވެ.

• ލޭމަދުވުން : ކަދުރަކީ ދަގަނޑުން މުއްސަދިވެފައިވާ ކާނާގެ ބާވަތެކެވެ. މިސަބަބާހުރެ،ލޭމަދުވުން ކުރިމަތިވެފައިވާ މީހުންނަށް ލޭގެ ދަގަނޑުގެ ބައި ރަގަޅު ކުރުމުގެ ގޮތުން ކަދުރުކެއުމަށް އިރުޝާދު ދެއެވެ.

• ލޮލުގެ ދުޅަހެޔޮކަން : ކަދުރުގައި މުހިއްމު އެންޓި އޮކްސިޑެންޓެއް ކަމުގައިވާ، ވިޓަމިން އޭއެކުލެވުމަކީ ލޮލުގެ ފެނުމުގެ މައްސަލަ ހުންނަން އެހީތެރިކަން ފޯރުކޮށްދޭ ކަމެކެވެ.ޚާއްޞަކޮށް ރޭގަނޑު ރޯނާވުމުގެ މައްސަލަ ހުންނަ މީހުންނަށް ކަދުރު ބޭނުންކުރުމުންއެކަމުގެ އުދަގޫ ކުޑަވާކަމަށް ބުނެއެވެ. މީގައި ހިމެނޭ މުހިއްމު ކެރޮޓިނޮއިޑެއް ކަމުގައިވާޒިއެޒެންތިންގެ ސަބަބުން އުމުރުން ދުވަސްވުމުން ދިމާވާ މެކިޔުލަރ ޑިޖެނެރޭޝަންގެމައްސަލައިން ރައްކާތެރިވުމުގައި އެހީތެރި ވެދެއެވެ.

• ދަތްފަނިކެއުން : ކަދުރުގައި “ފްލޯރިން”(Flourine) ކިޔާ މާއްދާއެއް ހުރެއެވެ.އަދިކެލްސިއަމް ވެސް ހުރެއެވެ. ފްލޯރިން އަކީ ދަތުގެ ބޭރުބައި ހެދި ބޮޑުވުމަށް ބޭނުންތެރިމާއްދާ އެކެވެ. އަދި މިއީ ދަތްފަނި ކެއުމުން ރައްކާތެރިކޮށްދޭ މާއްދާ އެއް ވެސް މެއެވެ. ކަދުރުފަދަ ހިކިކޮށް ހުންނަ ކާނާ ބޭނުންކުރުމުން ވަރަށް ގިނަ ފަހަރު، ދެދަތް ދޭތެރޭގައިކާތަކެތިކޮޅު ހަރުލާފައި ހުންނަ ގޮތް ވެއެވެ. އެހެންކަމުން ކަދުރު ކެއުމަށްފަހު ރަގަޅަށް ދަތްއުގުޅުމަކީ ދަތްފަނި ކެއުމުން ދުރުވެ ހުރުމަށް ވަރަށް މުހިއްމު އަދި ބޭނުންތެރި ކަމެކެވެ.

• މާބަނޑު މީހުން : ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު މީހުން ކަދުރު ބޭނުންކުރުމަކީރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދޭ ކަމެކެވެ. މިއީ ( ރަހިމުގެ މަސްތައް ވަރުގަދަވުމަކީ) ވިހަންކައިރިވުމުން ވަރަށް ބޭނުންތެރި ކަމެކެވެ. އަދި ބުނެވޭގޮތުގައި ވިހެއުމުގައި ތެރޭގައި ރަހިމުގެދޮރު ފުޅާކުރުމުގައި ވެސް ކަދުރު ބޭނުންކުރުން އެހީއަކަށް ވެއެވެ. އަދި ހަމަމިހެން ކަދުރުބޭނުންކުރުމާއި، ވިހެއުމަށްފަހު އާދަޔާ ޚިލާފަށް ލޭބޭރުވުމާއި، ގުޅުމެއް ވާކަމަށް ވެސްބުނެވެއެވެ. އެހެންކަމުން މިއީ މާބަނޑު މީހުންނަށް ފައިދާހުރި ކާނާއެއް ކަމުގައި ބެލެވެއެވެ.

• ގާތުންދޭ މައިން : ގާތުންދޭ ދުވަސްވަރު ކަދުރު ބޭނުންކުރުމަކީ އެކަމުގެ ސަބަބުންމައިމީހާގެ ގާތުން ދަރިފުޅަށް ފޯރުކޮށްދެވޭ ކިރުގައި ހަށިގަނޑަށް ފައިދާހުރި މާއްދާތައްއެކުލެވޭނެ ކަމެއް ކަމުގައި ބުނެވެއެވެ. އަދި މިދެންނެވި މާއްދާތަކުގެ ސަބަބުން ތުއްތުދަރިފުޅު ބަލިތަކާއި ދުރުކޮށް ދެއެވެ.

މައުލޫމާތު: ސިއްހަތު ޑޮޓް ބްލޮގްސްޕޮޓް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top