ބ.ހަނިފަރަށް ސަފާރިއެއް އަރައިފި

3039-755x435.jpg

ހަނިފަރު ފަރަށްއެރި ސަފާރީ -ފޮޓޯ :އެމްއެންޑީއެފް

ހިމާޔަތް ކުރެވިފައިވާ ސަރަހައްދެއްކަމަށްވާ ބ. ހަނިފަރަށް 17 ފަޅުވެރިންނާއެކު ސަފާރީއެއް އަރައިފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވީ ފަރަށް އަރާފައިވަނީ “މުޒައިފް” ނަމަކަށް ކިޔާ ސަފާރީ އެއްކަމަށާ އޭގެ ޑައިވިންގ ދޯންޏަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ރޭ ފަތިހު 04:42 ހާއިރު މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެެކު ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓާރޒްގައި ބޭނުންކުރާ ހާބަރ ކްރާފްޓް ލޯންޗް ވަނީ ޕަމްޕާއި ޑައިވަރުންގެ ޓީމަކާއެކު ސަފާރީ ފުންކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ.

މި ހާދިސާގައި ފަރަށް އެރި ސަފާރީ އާއި އޭގެ ޑައިވިންގ ދޯނި ފުންކުރެވިފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ކުރި މަސައްކަތުން މިއަދު 07:58 ހާއިރު އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ހަނިފަރަށް ސަފާރީ އެރިއިރު އެރި އިރު އެސަފާރީގައި 17 ފަތުރުވެރިންގެ އިތުރުން 17 ފަޅުވެރިން ތިބި ކަމަށް  ކޯސްޓްގާޑުން މަޢުލޫމާތު ދެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top