ޝައިޚް މަޖީދުގެ ދަރެސް : ރޯދަވެރިޔާއަށް ހަނދާންނެތި ކެވުމުން ޢަމަލުކުރާނެ ގޮތް

large_146652630340js3l.jpg

އިންސާނުންނަކީ، ބައެއްފަހަރު ކަންކަން ހަންދާންނެތޭ ބައެކެވެ. އެހެންކަމުން ރޯދައަށް ހުންނަ ހުރުމުގައި މަދުން ނަމަވެސް، ބައެއްފަހަރު ތިމާ މިހުރީ ރޯދައަށްކަން ހަނދާންނެތި ކައިބޮއިހެދެއެވެ. އެފަދަ ދަނޑިވަޅުތަކުގައި ތިމާ މިހުރީ ރޯދައަށްކަން ހަނދާން ވުމުން ވަރަށް ބޮޑަށް ކަންބޮޑުވެއެވެ. ނަމަވެސް އެކަމަކީ، އެއްގޮތަކަށްވެސް ކަންބޮޑުވާންޖެހޭކަމެއްނޫނެވެ.

ގަސްދަކާނުލައި ކުރެވޭ ކުށްތަކާއި ހަނދާންނެތިގެން ކުރެވޭ ކުށްތައް މާތްﷲ މަޢާފުކުރައްވައެވެ. ތިމާ ހުރީ ރޯދައަށްކަން ހަނދާންނެތި އެއްޗެއް ކެވިއްޖެނަމަ ނުވަތަ އެއްޗެއް ބޮވިއްޖެނަމަ، ތިމާ ހުރީ ރޯދައަށްކަން ހަނދާންވުމުން ކެއިންބުއިން ހުއްޓާލައި ރޯދަ ފުރިހަމަ ކުރާނީއެވެ. މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވާ، ކީރިތި ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަގެ ބަސްފުޅެއްގެ މާނައިގައިވަނީ “ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޡްކުރެއްވިއެވެ. ތިޔަބައިން މީހަކު ރޯދައަށް ހުރުމުގައި ހަނދާންނެތިގެން އެއްޗެއް ކައިބޮއި ހަދައިފިނަމަ، ފަހެ، އެމީހެއްގެ ރޯދަ ފުރިހަމަކުރާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން، އެއީ އެމީހަކަށް ﷲ ދެއްވި ކެއުމެއް ނުވަތަ ބުއިމެކެވެ.”

އިސްވެދިޔަބަސްފުޅުން އެނގި ކަށަވަރުވަނީ، ރޯދައަށްހުރެ ހަނދާންނެތިގެން ކައިބޮއިހެދުމަކީ، ރޯދައަށް އެއްވެސް އުނިކަމެއް ލިބޭނޭ ކަމެއްނޫންކަމެވެ. ތިމަންނާ މިހުރީ ރޯދައަށްކަން ހަނދާންވުމުން ކެއުންބުއިން ހުއްޓާލައި ރޯދައިގެ ބާކީބައި ފުރިހަމަކުރުމުން މާތްﷲ އެއަޅުކަމަށް ފުރިހަމަ ޖަޒާ ދެއްވާނެއެވެ.

އަޅުގަނޑުމެން އެންމެންނީ، ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތްނަބިއްޔާ މުއްމަދުޞައްލައްﷲ ޢަލައިހިވަސައްލަމަގެ މިފަދަ ބަސްފުޅުތަކުން ޢިބްރަތް ލިބިގަނެ ހެޔޮބަސްއަހައި ހެޔޮބަސްޤަބޫލުކުރާ ބައެއްކަމުގައި ލައްވާށިއެވެ! އާމީން.  

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top