މަސްތުވާ ތަކެއްޗާއެކު ދަރަވަންދޫ އިން މީހަކު ހައްޔަރު ކޮށްފި

dharavandhoo11.jpg

މަސްތުވާ ތަކެއްޗާއެކު ބ.ދަރަވަންދޫން މީހަކު ހައްޔަރު ކޮށްފިއެވެ.

މަސްތުވާ ތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ދަރަވަންދޫ ޕޮލިސް ޑެސްކާއި އޭދަފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައިވަނީ 26 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރު ކޮށްފައިވަނީ މި މެއި މަހުގެ 4 ވަނަ ދުވަހުގެރޭ 3:15 ހާއިރު އޭނާ ދިރިއުޅޭ ގެއިންނެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސް ހަށިގަނޑާއި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު އެގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ހުރި 10 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން މުއްދަތެއް ނެތްގޮތަށް ބަންދުގައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ.

މިމައްސަލަ އޭދަފުށީ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top