މިދުވަސްވަރު އަނެއކާވެސް ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ މިންވަރު މާލެއާ އާއި އަތޮޅު ތަކުންވެސް އިތުރުވެފައިވާތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެކަމަށް ސަމާލު ވުމަށް އެޗްޕީއޭ އިން މިއަދު މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އެހެން އަހަރުތަކެކޭ އެއްފަދައިން ކުރިއަށް އޮތް ދުވަސްވަރު ޑެންގީ ހުން ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންކަމުން ޑެންގީ ހުމުން ރައްކާތެރިވުމަށް ގެއާއި ގޯތިތެރޭގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލާ، ފެން ހުސްކޮށް ސާފުކުރުމާއި ކުނިއަޅަން ހާއްސަ ކުރެވިފައިވާ ތަންތަން ފިޔަވާ އެހެން ތަންތަނަށް ކުނި ނޭޅުމާއި ހަށިގަނޑު ނިވާވާގޮތަށް ހެދުން އަޅާ މަދިރި ލޯޝަން ބޭނުން ކުރުން ފަދަ ކަންކަން ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
ޑެންގީގެ އަލާމަތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއެކު ހުން އައުން ބޮލުގައި ރިއްސުން، ލޮލުގައި ރިއްސުން އަދި ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. އެހެންކަމުން ހުން އަންނަނަމަ ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި، އަރާމުކުރުމުގެ އިތުރުން، ޕެރެސިޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކުރެއެވެ. އަދި 3 ދުވަހަށްވުރެ ގިނައިން ހުން އަންނަނަމަ ނުވަތަ ޑެންގީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއް ނުވަތަ ޞިއްޙީ އެހީތެރިއެއްގެ ލަފައާއި އިރުޝާދު ހޯދުމަށްވެސް އެޗް.ޕީ.އޭގެ ބަޔާނުގައި އިލްތިމާސްކޮށްފައެވެ.
ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއި ހުންއައުން އަދި ލޮލުގައި ރިއްސުމާއި ބޮލުގައި ރިއްސުން އޭގެ އިތުރުން ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން ފަދަ ކަންކަން ހިނގާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އަދި ގިނައިން ދިޔާތަކެތި ބޭނުން ކުރުމާއި އަރާމު ކުރުން އަދި ގިނައިން ދިޔާތަކެތި ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ތިން ދުވަހަށްވުރެ ގިނައިން ހުން އަންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.