(ބ. ގޮއިދޫ) 14 މާރޗް 2018:- މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުން ގޮއިދޫ ސްކޫލާ، ވޮލީބޯލް ފެސްޓިވަލުން އެރަށު ސްކޫލް ބެލެނިވެރިންގެ ރަންމެޑަލް ހޯދުމާ ގުޅިގެން އެކަން ފާހަގަކުރުމުގެ ގޮތުން މިއަދު ގޮއިދޫ ރައްޔިތުން ކުޅުންތެރިންނާ އޮފިޝަލުންނަށް މަރުހަބާ ދަންނަވައިފިއެވެ.
މާލޭގައި ކުރިޔަށްދިޔަ މިމުބާރާތުގައި ގޮއިދޫ ސްކޫލްގެ ޓީމްތަކުން ޗެންޕިއަންކަން ހޯދީ 16 އަހަރުން ދަށުގެ އަންހެން ޓީމާއި، 14 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޓީމެވެ. ބެލެނިވެރިންގެ ޓީމް ޗެންޕިއަންކަން ހޯދީ ފައިނަލްގައި ފީއަލީއާ ވާދަކޮށެވެ.
ފޮޓޯތައް: އަހްމަދު ރިޔާޒު